ހިޔާ ޓަވަރުތަކުގެ އަގަށް އައި ބަދަލުތައް "މައި ހުޅުމާލެ ޕޯޓަލް" އިން ފެންނާނެ: އެޗްޑީސީ
"މައި ހުޅުމާލެ ޕޯޓަލް" މެދުވެރިކޮށް ހިޔާ ޓަވަރުތަކުގައި ހިމެނޭ އެޕާޓްމަންޓްތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި އަގަށް އައި ބަދަލުތައް މިހާރު ފެންނާނޭކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ބުނީ، މި ޕޯޓަލް މެދުވެރިކޮށް ހިޔާ ޓަަވަރުތަކުގެ ކުއްޔަށް ސަރުކާރުން ދިން ލުއިތަކާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް، ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފުލެޓުތަކުގެ އަގަށް އައިސްފައިވާ ބަދަލުތައް ފެންނަން ހުންނާނޭ ކަމަށެވެ.
އަދި މިއީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކަށް ސަރުކާރުން ދިން ލުއިތައް ރަސްމީކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއްކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އެގޮތުން ހިޔާ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވާ ފަރާތްތަކަށް މިހާރު މައި ހުޅުމާލެ ޕޯޓަލް ލިންކު މެދުވެރިކޮށް، އެއްބަސްވުމުގެ އިސްލާހުތަކާއި އަގަށް އައިސްފައިވާ ބަދަލުތައް ބަލާ، ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި މީގެ ސަބަބުން ފުލެޓުތަކުގެ ވެރިފަރާތްކަމުގެ ލިޔެކިޔުންތައް އަވަސްކުރުމަށް މަގުފަހިވެގެންދާނޭކަމަށް ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
މި އެއްބަސްވުމަށް ގެނެވުނު އިސްލާހުތަކާއި އަގަށް އައި ބަދަލުތަކުގެ ސަބަބުން، ފުލެޓު ލިބިފައިވާ ގިނަ ފަރާތްތަކަށް މާލީ ގޮތުން ލުއިތަކެއް ލިބިގެންދާނޭކަމަށްވެސް އެޗްޑީސީން ފާހަގަ ކޮށްފައިވެއެވެ.
ސަރުކާރުން ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހު، 7 އަހަރަށް ހިޔާގެ ކުލި 3900 ރުފިޔާއަށް ކުޑަކޮށްފައިވެއެވެ.
އެގޮތުން ހިޔާގެ އެޕާޓްމަންޓް ތަކަށް މެއިންޓެއިނަންސް ފީ އާއި އެކު މިހާރު ދައްކަންޖެހެނީ މަހަކު 4900 ރުފިޔާއެވެ.