Advertisement

މިއަދު މުޖުތަމައުގެ މިސްރާބު ހުރީ އެކަކުވެސް ބާކީ ނުކުރާ މަގަށް: ސާޖިދާ

02 Dec 2025 | 15:36
-

ދިވެހިންގެ މި މުޖުތަމައުގެ މިސްރާބު މިއަދު ހުރީ އެކަކުވެސް ބާކީ ނުކުރާ މަގަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އެޗްޑީސީން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީ، އެކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެ ރަސްމިއްޔާތުގައިި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement

ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް އެކި ކަހަލަ ޞިއްޙީ މައްސަލަތަކުގައި އެކި މީހުން ތިބޭ. އެއީ ގުދުރަތުން އެކަން ލައްވާފައިވާ ގޮތް. ސަރުކާރުތަކުގެ ވާޖިބަކީ އެފަދަ ހާލަތްތަކަށް ރިއާޔަތްކުރުން. މައްސަލަތަކަށް ހައްލު ހޯދައިދިނުން. އެންމެން ބައިވެރިވާ މުޖްތަމައެއް ބިނާކުރުން. އެކަކުވެސް ބާކީ ނުކުރުން. އެގޮތުން މިއަދު އަޅުގަނޑުމެން މިދެކެނީ ރާއްޖޭގެ މިސްރާބު އެމަގަށް މިސްރާބު ކުރެވިފައިވާތަން.

ސާޖިދާ ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ، މި މުހިންމު އަމާޒަށް ދިވެހި ޤައުމަށް ވާސިލްވެވުނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަދުގެ ސަރުކާރުން ބައްލަވާ އިހްސާންތެރި ނަޒަރުގެ ސަބަބުންކަމަށެވެ.

މީގެއިތުރުން މި ސަރުކާރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދެއްވާފައި ވަނީ ވަރަށް ޚާއްސަ އިސްކަމެއްކަމަށާއި، މިއީ އެ މީހުންނަށް މުޅި ދިރިއުޅުމަށް ވަރަށް ބޮޑު ހެޔޮ ބަދަލަކާއި ހިތްހަމަޖެހުމެއް ގެނެސްދޭނެކަމެއްގެ ގޮތުގައި ރައީސްގެ އަނބިކަނބަލުން ވަނީ ފާހަގަކުރައްވާފައެވެ.

 ވަޒީފާ ލިބިގެންދިޔަ ފަރާތްތަކުގެ ތެރޭގައި އެކި ބާވަތުގެ ތައުލީމު ލިބިފައިވާ އެކި ހުނަރަށް އަހުލުވެރިވެފައިވާ އެތައް ފަރާތްތަކެއް ތިބިކަން ވަނީ ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ.

 އެޗްޑީސީން ޚާއްސަ އެހީއަށް ބޭނުންވާ 30 މީހަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ.

އެގޮތުން އެޗްޑީސީގެ މުވައްޒަފުންނަށް ހުރިހައި މުއާމަލާތަކުންވެސް އަލަށް ވަޒީފާއަށް ހޮވުނު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އުފާވެރިކަމާއި އުންމީދާއި ހިތްވަރު ހޯދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ގޮވާލައްވާފައެވެ.

Advertisement

ކޮމެންޓް