Advertisement

ކޮބާ ތައްޔާރުތަ: އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފަހު ފުރުސަތު މިއަދު 2 ޖަހާއިރު އޮންލައިންކޮށް

25 Nov 2025 | 13:14
-

އަންނަ މަހު އޮންނަ "އުރީދޫ ފަން ރަން 2025" އަށް ރަޖިސްޓްރީވުމުގެ ފަހު ފުރުސަތަށް މިއަދު މެންދުރު ދޭއް ޖަހާއިރު ހުޅުވާލަން އުރީދޫ މޯލްޑިވްސް އިން ނިންމައިފިއެވެ.

އެކަމަކު މިފަހަރު މިއީ އެންމެ ފަހު ފުރުސަތެވެ. ހާއްސަ ފްލެޝް ސޭލެއްގެ ދަށުން އެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާއިރު، ފަން ރަންގެ ކިޓް ސްޓޮކް ހުސްވަންދެން ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އުރީދޫއިން ބުނެއެވެ.

Advertisement

"ސްޓޮކް މަދުވުމުން ފްލޭޝް ސޭލް ހުޅުވާފައި ހުންނާނީ ލިބެންހުރި ހުރިހާ ކިޓެއް ވިކި ހުސްވަންދެން. ކިޓްތައް ހުސްވުމުގެ ކުރިން އެ ސޭލްގައި ބައިވެރިވުމަށް ކަސްޓަމަރުންނަށް އިލްތިމާސް ކުރަން،". އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނާ ގޮތުގައި ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އުފާވެރި ދުވުމުގައި ދެ ކިޓް އޮޕްޝަނެއް އިހްތިޔާރު ކުރެވޭނެއެވެ.

ސްޓޭންޑާޑް ކިޓްސް – 110 ރުފިޔާ: ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް ހިމެނޭ.

ފަން ކިޓްސް - 210 ރުފިޔާ: ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައި 6،500 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

Advertisement

ކޮމެންޓް