Advertisement

އެމްޑީޕީގެ ޗެއާޕާސަން ކަމުން ފައްޔާޒް އިސްތިޢުފާ ދެއްވައިފި – މިސްރާބު ކެނޑިޑަސީއާ ދިމާއަށް !

24 Nov 2025 | 06:13
ފައްޔާޒް އިސްމާއީލް - ފޮޓޯ: އެމްޑީޕީ

އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެކްޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަޤާމުން ފައްޔާޒް އިސްމާއީލް އިސްތިޢުފާ ދެއްވައިފިއެވެ.

އެކަން ފައްޔާޒް އިޢުލާނުކުރެއްވީ ރޭ އެ ޕާޓިން ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހުގައެވެ.

Advertisement

ޕާޓީގެ ޗެއާޕާސަންގެ މަޤާމުން ފައްޔާޒް ރޭގައި އިސްތިޢުފާ ދެއްވާފައިވާއިރު ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ވާދަކުރައްވާނެކަން ފައްޔާޒް ކުރިން އިޢުލާނު ކުރައްވާފައިވެއެވެ. ހަމަ އެހެންމެ އެ ޕާޓީން ނިކުންނަވާ އެހެން ކެނޑިޑޭޓުންނަށްވެސް ހަމަހަމަ ފުރުޞަތު ހޯއްދަވައިދެއްވާނެކަން ކުރިން އިޢުލާނުކުރެއްވިއެވެ.

އެހެންކަމުން ޗެއާޕާސަންގެ މަޤާމުގައި ހުރެ އެކަމަށް ފުށޫއަރާނެކަމުގައި ބެލެވޭތީ ރަސްމީކޮށް ކެމްޕޭނު ފެއްޓެވުމަށް އިސްތިޢުފާ ދެއްވީކަމުގައި ބެލެވެއެވެ.

ވާދަވެރި އެތެރޭގެ އިންތިޚާބެއްގައި ވާދަކޮށް އެ ޕާޓީގެ ޗެއާޕާސަން ކަން ފައްޔާޒް ހޯއްދެވީ 2022 ވަނަ އަހަރުގެ މޭ މަހުގެ 14 ވަނަ ދުވަހުގައެވެ.

Advertisement

ކޮމެންޓް
ހިޖުރަ
އެމްޑީޕީ ހިންގާލަންކަމަށްބުނެ އެމްޑީޕީ އިނދަ ޖައްސާލި ބުރޯ ގޭގައި މަޑުކޮއްލާ
24 Nov 2025
ޟު
ވަގުންގެޖަގަޑާ
24 Nov 2025