Advertisement

މިއަދަކީ ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަސް – ހަދިޔާ ދޭނަން ދޯ ؟

19 Nov 2025 | 09:09
-

މި ހިނގާ ނޮވެމްބަރު މަހުގެ 19، އާދެ، މިއަދަކީ ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަހެވެ.

މިއަދު ދުވަހުން ގަސްތުކުރަނީ ދިވެހި ހުރިހާ ފިރިހެނުންނަށްވެސް ހަދިޔާއެއް ލިބުމަށް އެދޭ ހާލު، ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރަން ފެށުނު ގޮތަށް ބަލައިލާށެވެ.

Advertisement

ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަހުގެ ގޮތުގައި ނޮވެމްބަރު މަހުގެ 19 ފާހަގަކުރީ މީގެ 26 އަހަރު ކުރިން 1999 ވަނަ އަހަރުގައެވެ.

އޭގެ ކުރީންވެސް ފިރިހެނުން ދުވަހުގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކި ދުވަސްތަކުގައި ތަފާތު އެކި ހަރަކާތްތައް ހިންގާފައިހުރިކަން އެނގެއެވެ.

ނަމަވެސް ކެރީބިއަންގެ ޤައުމެއް ކަމުގައިވާ ޓްރިނިޑާޑް ޓޮބޭގޯއަށް އުފަން ޕްރޮފެޝަރެއް ކަމުގައިވާ ޑރ. ޖެރޯމް ޓީލަކްސިންގް، ނޮވެމްބަރު މަހުގެ 19 އަކީ ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަސްކަމުގައި ކަނޑައެޅުމުގެ މަސައްކަތް ފެށިއެވެ.

އެންމެ ފުރަތަމަ އެކަން ފާހަގަކުރަން ފެށީ އޭނާ ކިޔަވައިދެމުންދިޔަ ކޮލެޖު ޔުނިވާސިޓީތަކުގައެވެ. އެއަށްފަހު ބައިނަލްއަގުވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި ޤައުމުތަކަށް އެކަން ހުށަހަޅަމުން ގެންދިޔައެވެ. އަދި އޭނާގެ އެ ކެމްޕޭނުގައި މީޑިއާގެ އެހީތެރިކަންވެސް ހޯދިއެވެ.

ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރަނީ ފިރިހެނުންގެ ދުޅަހެޔޮކަމާއި މިންތީގެ ހަމަހަމަ ކަމާއި އާންމު ދިރިއުޅުމުގައްޔާއި މުޖުތަމަޢުގައި ފިރިހެނުންގެ ދަޢުރު ފާހަގަކުރުމުގެ ގޮތުންނެވެ.

Advertisement

ކޮމެންޓް