Advertisement

މާލޭ ގެއެއްގައި ޕްރެޝަރު ކުކަރެއް ގޮވައިފި

17 Nov 2025 | 12:37
ގޮވި ކަމަށް ބެލެވޭ ޕްރެޝަރ ކުކަރ- ފޮޓޯ:އެމްއެންޑީއެފް

މާލޭ ގެއެއްގައި ޕްރެޝަރ ކުކަރެއް ގޮވައިގެން އެމްއެންޑީއެފުން ހަރަކާތްރިވެއްޖެއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައިވަނީ ގ. ޒަމާންގައި ޕްރެޝަރު ކުކަރެއް ގޮވައި، ދުން ބޯވުމާ ގުޅިގެންގެނެވެ.

Advertisement

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 09:53 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ، ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ގެއަށް ގޮސް، ހަރަކާތްތެރިވެފައެވެ.

މިގޮތުން، ޕްރެޝަރު ކުކަރު ގޮވައިގެން ގޭތެރޭގައި ދުން ބޯވެފައި ހުރުމުން، ގޭތެރެއިން ދުން ބޭރުކުރުމުގެ މަސައްކަތް ފަޔަރފައިޓަރުން ވަނީ ކޮށްފައެވެ.

މި ހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެެވެ.

Advertisement

ކޮމެންޓް