Advertisement

އޮޕަރޭޝަން އަލިމަގު - ބޮޑު ފަތިހާ އެއްފަހަރާ 100 ތަނަކަށް ވަދެއްޖައިމު: ޕޮލިސް

13 Nov 2025 | 11:34
-

ޑުރަގާ ދެކޮޅަށް މުޅި ރާއްޖޭގައި ބޮޑު އޮޕަރޭޝަނެއް ފެށުމަށް ރައީސް އެންގެވި އެންގެވުން ފުލުހުން ތަންފީޒު ކުރަން ފަށައިފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ފަށާފައިވާނެ ކަމަށާއި މިއީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށެވެ. 

Advertisement

މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް އެބަ ގެންދަމު

ފުލުހުން ބުނެފައިވެއެވެ. 

ފުލުހުން ބުނެފައިވަނީ "އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތް ކަމަށާއި މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެެއް ކަމަށެވެ. 

Advertisement

ކޮމެންޓް
ބަޗީ
މި ސަރުކާރުން މިފަދަ ރަނގަޅު ކަންކަން ކުރާތީ، އިދިކޮޅު ފަރާތްތަކުގައި ތިބި ބޮޑެތި މުޖުރިމުން ދެ ފަޔަށް ހިނި އަރައިގެން އޮބިނޯވެގެން އުޅޭތަން މިފެންނަނީ.
13 Nov 2025