ސްޓެލްކޯގެ މުވައްޒަފުން އަލިފާނަށް އަހުލުވެރިކޮށްފި
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ސްޓެލްކޯގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ކ.ގިރިފުށީގައި ސްޓެލްކޯގެ މުވައްޒަފުންނަށް ކުރިއަށްގެންދިޔަ ލީޑަރޝިޕް ޕްރޮގުރާމުގައި މިއަދު ކުރިއަށްގެންދިޔަ ސެޝަނުގައި އަލިއަޅުވާލީ، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތަކަށެވެ.
އަދި މި ސެޝަނުގައި ޢަމަލީގޮތުން އަލިފާން ނިއްވާނެ ގޮތް ވެސް ދަސްކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ސްޓެލްކޯގެ 58 މުވައްޒަފުން ބައިވެރިވި މި ސެޝަނުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.