ސްޓެލްކޯގެ ހަރަދުގައި ހައްޖާއި އުމްރާއަށް ދާނެ މުވައްޒަފުން ހޮވައިފި
ސްޓެލްކޯގެ ހަރަދުގައި މި އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދާން ފުރުސަތު ލިބުނު މުވައްޒަފުން ހޮވައިފިއެވެ.
ސްޓެލްކޯއިން ބުނެފައިވާގޮތުގައި އެ ފުރުސަތު ހުޅުވާލުމުން ހައްޖުގެ އަޅުކަމަށް 102 މުވައްޒަފަކު އަދި އުމްރާގެ އަޅުކަމަށް 218 މުވައްޒަފަކު ކުރިމަތިލިއެވެ. އޭގެ ތެރެއިން ހައްޖަށް ދިއުމަށް 84 މުވައްޒަފަކު ޝަރުތު ހަމަވިއިރު އުމްރާއަށް 215 މުވައްޒަފަކު ޝަރުތު ހަމަވި ކަމަށް ބުނެފައިވެއެވެ.
ސްޓެލްކޯއިން 2023 ވަނަ އަހަރާއި ހަމައަށް މި ފުރުސަތު ދެމުން ދިޔައި ކޮންމެ ބަޔަކުންވެސް އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފަކަށެވެ. އެހެންނަމަވެސް އެ ކަމާއި ގުޅޭ ޕޮލިސީއަށް މިދިޔަ އަހަރު ބަދަލު ގެނެސް ހައްޖުގެ އަޅުކަމަށާއި އުމްރާގެ އަޅުކަމަށް ފިރިހެން ދެ މުވައްޒަފުން އަދި އަންހެން މުވައްޒަފަކު ހޮވަން ވަނީ ނިންމާފައެވެ.
- އަހްމަދު ވަހީދު – ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް
- ހަސަން ޒަރީރު – ކ. ކާށިދޫ އިންޖީނުގެ
- އާމިނަތު ޖަލީލާ – ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
- ބުންޔާމީން މުހައްމަދު ނަސީރު – ވިލިނގިލި އަވަށު އިންޖީނުގެ
- އަހުމަދު މުސްތަފާ – ވިލިނގިލި އަވަށު އިންޖީނުގެ
- ޝިފްރާ އިލްހާމް – ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް
ސްޓެލްކޯއިން މިކަމަށް ތައްޔާރުކޮށްފައިވާ އުސޫލުގައިވާގޮތުން ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ އެ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރުމުގައި ދެމިތިބި މުވައްޒަފުންގެ ކުރިމަތިލާ މުވައްޒަފުންނަށެވެ. އުމްރާގެ އަޅުކަމަށް ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރަމުންދާ މުވައްޒަފުންނަށެވެ.