ސްޓެލްކޯއިން ޕީކް ސީޒަނަށް ތައްޔާރުވުމަށް ހުޅުމާލޭގައި 80 ހާސް ލީޓަރުގެ ދެ ތެޔޮ ޓޭންކް ބަހައްޓަނީ
މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ހުޅުމާލޭގައި 80 ހާސް ލީޓަރުގެ ދެ ތެޔޮ ޓޭންކް ބެހެއްޓުމަށް ސްޓެލްކޯ އިން އެމްޓީސީސީއާއެކު އެއްބަސްވުމެއްގައި ސޮއެކޮށްފިއެވެ.
ކޮންމެ އަހަރެއްގެވެސް ޕީކް ސީޒަނަށް ވަނީ ހޫނު ގަދަ ދުވަސްވަރެވެ.
މިކަމާއި ގުޅޭގޮތުން ސްޓެލްކޯއިން ބުނެފައިވަނީ އެ ޓޭންކްތައް ބަހައްޓަނީ ޕީކް ސީޒަނަށް ތައްޔާރުވުމަށާއި ގްރޭޓަރ މާލެ ޕަވަރ ޖެނެރޭޝަންގެ ބެކަޕްގެ ގޮތުގައި ކަމަށެވެ.
އެ ދެ ޓޭންކް ގާއިމުކުރަން ނިންމީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ސްޓެލްކޯގެ ހުޅުމާލޭ އިންޖީނުގޭގެ އެނެކްސް ދޭއްގައެވެ.
މިކަމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެ ކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއެ ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީ އެވެ.