Advertisement

ޣައްޒާގައި އިސްރާއީލުން އަނެއްކާވެސް ހަމަލައެއް ދީފި

26 Oct 2025 | 03:17
20 އޮކްޓޯބަރުގައި ދިން ހަމަލައެއްގައި އެރި ދުން ފެންނަ މަންޒަރެއް - ފޮޓޯ: ރޮއިޓަރސް

ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން ހަމަލަތައް މެދުކަނޑާލާފައިވާ ޣައްޒާގައި އިސްރާއީލުން އަނެއްކާވެސް ހަމަލައެއް ދީފިއެވެ.

ރާއްޖޭ ގަޑީން ބަލަނީނަމަ ރޭ 09:00 ހާއިރު ދިން އެ ހަމަލަ ދީފައިވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސެއިރަތު ކޭމްޕް ސަރަހައްދަށެވެ.

Advertisement

ކާރަކަށް އަމާޒުކޮށް ދިން އެ ހަމަލާ ދިނީ އިސްރާއީލު ފައުޖުތަކަށް ނުރައްކަލެއް ކަމަށް ބެލެވޭ ހަނގުރާމަވެރިޔަކަށް އަމާޒުކޮށް ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

މި ހަމަލާގައި މީހެއްގެ ފުރާނަ ގެއްލުނުކަމެއް މީޑިއާ ރިޕޯޓްތަކުން އަދި ފެންނާކަށް ނެތެވެ. އެހެންނަމަވެސް ހަމަލާގެ ސަބަބުން ހަތަރު މީހަކު ޒަޚަމްވިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއީ ސުލްހައިގެ އެއްބަސްވުމުގެ ދަށުން ހަމަލަތައް ބަދަލުކުރުން މެދުކަނޑާލިފަހުން ޣައްޒާގައި އިސްރާއީލުން ދިން ބޮޑު ދެވަނަ ހަމަލައެވެ. ފުރަތަމަ ހަމަލައިގާ ނުވަ މީހަކު ސަހީދުކޮށްލާފައިވެއެވެ.

Advertisement

ކޮމެންޓް