Advertisement

ނޮވެމްބަރު ދޭއް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ނިންމަވައިފި – ހަތަރު ދުވަހުގެ ޗުއްޓީއެއް

23 Oct 2025 | 11:23
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް

ނޮވެމްބަރު މަހުގެ ދެވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

މިކަން ހާމަކޮށް ރައީސް އޮފީހުން ނެރެފައިވާ ދެންނެވުމުގައި ބުނެފައިވަނީ މިގޮތަށް ހަމަޖެއްސެވީ ނަޞްރުގެ ދުވަސް ކަމުގައިވާ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ނަޞްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައިދެއްވުމަށްޓަކައި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.

Advertisement

މިހެންވުމާއެކު 31 އޮކްޓޯބަރު ވާ ހުކުރު ދުވަހުން ފެށިގެން ނޮވެމްބަރު ތިނެއް ވާ ހޯމަ ދުވަހާއި ހަމައަށް ހަތަރު ދުވަހުގެ ޗުއްޓީއެއް ލިބިގެންދާނެއެވެ.

Advertisement

ކޮމެންޓް