ހަސަން ޒާހިރު ހަސަން ޒާހިރު: ސިކުނޑި އެއްގޯސްވާވަރަށް ހަސަން ޒާހިރު !
ފާއިތުވި 48 ގަޑިއިރެއްހާއިރު ޓިކްޓޮކުން އެ ނޫން އަޑެއް ނީވެއެވެ.
ހަސަން ޒާހިރު، ހަސަން ޒާހިރު މި ނަން ރިޕީޓުކޮށް އިވިގެންދާ ރީލްތައް ޓިކްޓޮކްގެ އެފްވައިޕީ ހިސޯރުކޮށްފައިވާއިރު ހަސަން ޒާހިރުގެ ތަފްސީލަކަށް ދާކަށް އަދި ތަފްސީލު ހޯދާކަށްވެސް ދުވަހަކުން ނެތީމުއެވެ.
އެހެންނަމަވެސް ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ސޯޝަލް މީޑިއާ އެއް ޕްލެޓްފޯމުގައި މިހާރު އެ ނޫން ނަމެއް ނެތެވެ. އެންމެ ފަހުގެ އޭއައި ސޯރާ ވީޑިއޯ ޓެކްނޮލޮޖީ މެދުވެރިކޮށްވެސް ހަސަން ޒާހިރުގެ ވީޑިއޯތަކާއި އެ އަޑު މިވަނީ ގުގުމާލާފައެވެ.
މިކަމުން ދޭހަކޮށްދޭ އެއް ކަމަކީ ބަވަނަވަމުންއަންނަ، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުން އަންނަ މި ދުނިޔޭގައި މި ޒަމާނުގައި ކަމެއް ވައިރަލްކޮށްލެވިދާނެ ބޮޑުކަމެވެ.