Advertisement

ދުވަހުގެ މޫސުން: ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ – ކަނޑުތައް ގަދަ

14 Oct 2025 | 07:16
މާލެ ސަރަހައްދަށް ވިއްސާރަކުރި ދުވަހެއްގައި މާލޭ ބަނދަރުގައި އޮޑިއެއް އަޅަނީ - ފައިލް ފޮޓޯ: ދުވަސް

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވެފައި ކަނޑުތައް ގަދަކަމަށް މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

Advertisement

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

"ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.

މިއަދު ކަނޑުތަކަށް ބަލައިލާއިރު ހުރިހާ ސަރަހައްދެއްގައިވެސް ކަނޑުތައް ގަދަވާނެކަމަށް ބުނެފައިވެއެވެ. ރާޅުގެ އުސްމިން މެދުރާއްޖެއާއި އުތުރުގައި ހުންނާނީ ތިން ފޫޓާއި ހަތް ފޫޓާއި ދެމެދުގެ އުސްމިނެއްގައި ކަމަށާއި ދެކުނުގައި ހުންނާނީ ހަތަރު ފޫޓާއި އަށް ފޫޓާއި ދެމެދުގެ އުސްމިނެއްގައި ކަމަށް ބުނެފައިވެއެވެ.

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ އަންނަ ހުކުރު ދުވަހާއި ހަމައަށް މޫސުން ގޯސްކަމަށް ކުރިން މެޓުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް