Advertisement

އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗު ސޮފްވާން މަސްއޫލިއްޔަތުން އެކަހެރިކޮށްފި – ތުހުމަތުތަކަށް އެސޯސިއޭޝަނުން ސާފު ޖަވާބެއް ނުދޭ !

12 Oct 2025 | 12:03
އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗު އަހްމަދު ސޮފްވާން - މިހާރު ފޮޓޯ: ނިޝާން އަލީ

ޤައުމީ އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗު ސޮފްވާން އަހްމަދު މަސްއޫލިއްޔަތުން އެކަހެރިކޮށްފިއެވެ.

ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ސޮފްވާންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެއެވެ. އެހެންނަމަވެސް އެކަމާއި ގުޅޭގޮތުން ސާފު ޖަވާބެއް ދޭކަށް ވޮލީބޯލް އެސޯސިއޭޝަނުން ބޭނުމެއް ނުވެއެވެ.

Advertisement

ދުވަހަށް މަޢުލޫމާތުދެއްވަމުން ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ އެ އެސޯސިއޭޝަނަކީ ޖިނާޢީ ތަހުޤީޤުކުރާ ތަނެއް ނޫން ކަމަށާއި އެ ދެކެވޭ ތުހުމަތުތަކާއިމެދު ކޮމެންޓެއް ނެތް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ކޯޗު އަދި ވަކިވެސް ނުކުރާކަމަށާއި އިންޓާނަލް ކަމެއް އުޅޭތީ އެހެން ކޯޗަކު ލައިގެން ކުރިއަށް ގެންދާކަމަށެވެ.

Advertisement

ކޮމެންޓް