Advertisement

ސައޫދީގައި ސްކޫލުތަކާއި މިސްކިތްތަކުގެ 500 މީޓަރު ރޭޑިއަސްގައި ސިނގިރޭޓު ވިއްކުން މަނާކޮށްފި

10 Oct 2025 | 06:27
އުސޫލާ ޚިލާފުވާ ވިޔަފާރިތަކާއިމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ބުނެފައިވޭ -

ސައޫދީ އަރަބިއްޔާގައި ސްކޫލުތަކާއި މިސްކިތްތަކުގެ 500 މީޓަރު ރޭޑިއަސް ހިމެނޭ ސަރަހައްދުގައި ސިނގިރޭޓު ވިއްކުން މަނާކޮށްފިއެވެ.

ސައޫދީ ގެޒެޓުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި އުސޫލު އެކުލަވާލާފައިވަނީ އެ ޤައުމުގެ މނިސްޓްރީ އޮފް މުނިސިޕަލިޓީސް އެންޑް ހައުސިންގ އިންނެވެ.

Advertisement

އާންމު ޞިއްޙަތު ޕްރޮމޯޓް ކުރުމަށް އެކުލަވާލި އެ އުސޫލުގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން ސިނގިރޭޓާއި އެފަދަ ތަކެތި އިސްތިހާރު ނުކުރެވޭނޭ ކަމަށާއި ވަކިވަކިން ނުވިއްކޭނޭ ކަމަށާއި 18 އަހަރުން ދަށުގެ މީހަކަށް ވިއްކައިގެން ނުވާނޭ ކަމަށާއި އަމިއްލައަށް އުފައްދައިގެން ވިއްކައިގެން ނުވާނެ ކަމަށާއި އަދި ވިއްކަން ސިނގިރޭޓު ހޯދިގޮތުގެ ޞައްޙަ ލިޔެކިޔުންތައް ހުރުން ލާޒިމުވާނެކަމަށް ބުނެފައިވެއެވެ.

އެ އުސޫލަށް އިއްޔެއިން ފެށިގެން ޢަމަލުކުރަން ފަށާފައިވާއިރު އެ މިނިސްޓްރީގެ މުވައްޒަފުން ޚާއްޞަ އިންސްޕެކްޝަންތައް ކުރިއަށްގެންދާނޭ ކަމާއި ޚިލާފުވާ ވިޔަފާރިތަކާއިމެދު ހަރުކަށި ފިޔަވަޅު އަޅަމުންދާނޭކަމުގައި ބުނެފައިވެެއެވެ. 

Advertisement

ކޮމެންޓް