Advertisement

މަގަށް ވެލި އަޅަނީ ގާތަށް ކޮމްޕެކްޓް ކުރަން: ސިޓީ ކައުންސިލް

08 Oct 2025 | 20:19
ގިނަ އަދަދަކަށް ވެލި ހުރުމުން އެކްސިޑެންޓް ފަދަ ކަންކަން ކުރިމަތިވާކަމަށްބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޕޯސްޓްތައް ހިއްސާކޮށްފައިވާއިރު އެއިން ޕޯސްޓަކުން ނަގާފައިވ ފޮޓޯތަކެއް - ފޭސްބުކް ފޮޓޯ: ޖައިލަމް

މާލޭގެ ބައެއް މަގުތަކަށް ގާތަކުގެ މައްޗަށް ދޮންވެލި އަޅަނީ ގާތަށް ކޮމްޕެކްޓް ކުރުމުގެ ބޭނުމުގައި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން މިހެން ބުނެފައިވަނީ ކައުންސިލް މުވައްޒަފުން މަޖީދީ މަގަށް ކޮންމެ ދުވަހަކު ވެލި އަޅަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.

Advertisement

ޖަވާބުގައި އެ ކައުންސިލުން ބުނެފައިވަނީ ބަސް އަދި ހެވީ ވެހިކަލް ދުއްވާއިރު އަދި ވިއްސާރަވީމާ ގާތައް ދުރުވެ މަގުގައި އަޑިގުޑަން އުފެދޭ ކަމަށާއި ގާތައް ދޭތެރެއަށް ވެލި އެޅުމުން ގާތަކުގެ ދޭތެރޭގެ ޖާގަ ފުރި ގާތައް ލެވެލްވެ ވެހިކަލް ދުއްވާއިރު ވެހިކަލް ތެޅުން ކުޑަވާކަމަށެވެ.

މާލޭގައި އަބަދުވެސް މަގުމަތީ ގާ އަތުރާ މަރާމާތުކުރުމަށްފަހުވެސް ވެލިއަޅާކަން އެ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް
އަމާން
ހޭބަލިވެގެން ދުއްވަންޏާ ވެލި އެޅިޔަސް ނޭޅިޔަސް އެކްސިޑެންޓް ވާނެެވެ.
09 Oct 2025