Advertisement

ކުޑަކުދީންތަކެއް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުގައި މަޝްހޫރު ޕްރެޒެންޓަރު ނާއްޕެ ހިމެނޭހެން ބަޔަކު ހައްޔަރު

07 Oct 2025 | 14:00
ހައްޔަރުކުރި މީހުން - ފޮޓޯ: ފުލުހުން

ކުޑަ ކުދީންތަކެއް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުގައި މަޝްހޫރު ޕްރެޒެންޓަރ ނާފިއު ރަޝީދު (ނާއްޕެ) ހިމެނޭހެން ބަޔަކު ހައްޔަރުކޮށްފިއެވެ. 

މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ވ. ރަކީދޫ ސިލްވަރސްޓަރ، އުމުރުން 39 އަހަރުގެ ނާފިއު ރަޝީދު (ނާއްޕެ)، މާލެ، މ. އެތުމާ، އުމުރުން 35 އަހަރުގެ އަލީ އަޝްރަފް، ގދ. ވާދޫ، ޕެރިސް، އުމުރުން 41 އަހަރުގެ ލުހާން ސައީދު އަދި މާލެ، ހ. ފިނިކުރި، އުމުރުން 33 އަހަރުގެ އިބްރާހިމް ޝިނާން އަހްމަދެވެ.

Advertisement

އިއްޔެ ހެނދުނުގެ ވަގުތެއްގައި މާލެ، ހެންވޭރު ގެއަކުން މި ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު އެ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓެއް ފެނުނު ކަަމަށާއި މަސްތުވާތަކެއްޗަށް މި ހަތަރު މީހުން ޕޮޒިޓިވް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ ދެ އަންހެން ކުއްޖަކާއި 17 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 16 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ބަންދަށް ކޯޓުން ތިން ދުވަސް ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

Advertisement

ކޮމެންޓް
މުހައްމަދު ވަހީދު
ބޭބީސް ތަކެއް
07 Oct 2025