ދިވެހި ދިފާޢީ ވަޒީރު އިންޑިއާގެ ޑިފެންސް ސެކްރެޓަރީއާއި ބައްދަލުކުރައްވައިފި
ދިވެހިރާއްޖޭގެ ދިފާޢީ ވުޒާރާގެ ވަޒީރު މުޙައްމަދު ޢައްސާން މައުމޫން، އަވަށްޓެރި އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާޖޭޝް ކުމާރް ސިންގް އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
ރާއްޖޭގެ ދިފާޢީ ވުޒާރާއިން މިއަދު ބުނެފައިވަނީ ރާއްޖެއާއި އިންޑިއާއާއި ދެމެދު ކޮންމެ އަހަރަކު ކުރިއަށްގެންދެވޭ "ޑިފެންސް ކޯޕަރޭޝަން ޑަޔަލޮގް" އަށް ރާއްޖެ އައި ވަފުދާއި ދިފާޢީ ވަޒީރު ބައްދަލުކުރެއްވި ކަމަށެވެ.
"ވަފުދުގެ އިސް ބައިވެރިއެއްގެ ގޮތުގައި ބައިވެރިވެލެއްވީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންގް، އިންޑިއާގެ ހައި ކޮމިޝަނަރާއި އިންޑިއާގެ އަސްކަރިއްޔާއާއި އިންޑިއާގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި" ދިފާޢީ ވުޒާރާއިން ބުނެފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު މަޢުލޫއަކީ ދިފާޢީ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުން ކަމުގައިވެސް ދިފާޢީ ވުޒާރާއިން ބުނެފައިވެއެވެ.