އިންޑޮނޭޝިޔާގައި ދަރިވަރުންތަކެއް ނަމާދަށް ތިއްބާ އިމާރާތް ވެއްޓުނު ހާދިސާ ގައި މަރުވި އަދަދު 36 އަށް
އިންޑޮނޭޝިޔާގެ އިރުމަތީ ޖާވާގައި ހިންގަމުންދިޔަ އަލް ކޮޒިނީ ބޯޑިން ސްކޫލުގައި ނަމާދަށް ތިބި ސަތޭކައެއްހާ ދަރިވަރުން ނަމާދަށް ތިއްބާ އެ ދަރިވަރުން ތިބި އިމާރާތް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 36 އަށް އަރާފައިވާކަމަށް މީހުން ސަލާމަތް ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ބުނެފިއެވެ.
މިދިޔަ ހަފުތާގެ ހޯމަ ދުވަހު މި ހާދިސާ ހިނގީ އެ ދަރިވަރުން މެންދުރު ނަމާދަށް ތިއްބައެވެ. ހަތަރު ފަންގިފިލާއަށް ހަދާފައިވާ އެ އިމާރާތުގައި ނަމާދަށްތިބި ދަރިވަރުންގެ އުމުރުފުރާއަކީ 13 އަހަރާއި 19 އަހަރާއި ދެމެދުގެ އުމުރުފުރައެވެ.
ހާދިސާއިން 100 އެއްހާ ދަރިވަރުން ސަލާމަތް ކުރެވުނު ނަމަވެސް އިމާރާތުގެ ގާކުނޑިތަކުގެ ދަށުން މިހާތަނަށް ފެނުނު ފުރާނަ ނެތް ހަށީގެ އަދަދު މިހާރު 36 އަރާފައިވާއިރު އަދިވެސް 26 މީހަކު ނުފެންނަ ކަމަށް ބުނެފައިވެއެވެ.
ދެ ފަންގިފިލާއަށް ހަދަން ހުއްދަ ދީފައިވާ އެ އިމާރާތް ހަތަރު ފަންގިފިލާއަށް ހަދާފައިވާއިރު ވެއްޓި ދަށުވި ދަރިވަރުން ސަލާމަތް ކުރަން އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ ގާކުނޑިތަކާއި ބެރިތައް ހުރިގޮތުން އިތުރަށް ނުރައްކާ ވުމުންނެވެ.