ފުވައްމުލައް ސިޓީ އެއާޕޯޓު ފެންސު މަތިން އަރަން އުޅުނު ބަޔަކު ހުއްޓުވި ސެކިއުރިޓީ އޮފިސަރަށް ހަމަލަދީ މާރާމާރީ ހިންގައިފި
ފުވައްމުލައް ސިޓީގެ އެއާޕޯޓު ފެންސު މަތިން އަރަން އުޅުނު ބަޔަކު ހުއްޓުވި އެ އެއާޕޯޓުގެ ސެކިއުރިޓީ އޮފިސަރަށް ހަމަލަދިން މައްސަލައިގާ އެ އަމަލު ހިންގި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ އެ ސިޓީގެ ހޯދަޑު، ގުލްކޯޒުގޭ، އުމުރުން 28 އަހަރުގެ ހުމާމް މުހައްމަދާއި އެ އަވަށު ޒަމްހަރީރުގޭ އުމުރުން 20 އަހަރުގެ އިބްރާހިމް ސިމާން އަހްމަދާއި ފުނާޑު އަވަށު ޝުހާނާގޭ އުމުރުން 29 އަހަރުގެ ބައްސާމް ސައީދެވެ.
އެ ތިން މީހުން ހައްޔަރުކޮށްފައިވާއިރު ތިން މީހުންގެ ބަންދަށްވެސް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.