Advertisement

ލަދުން ބޯ ހަލާކު ! ރަށަކުން ހަތަރު މީހުންވެސް ނުގެނެވުނު: ފަލާހް

04 Oct 2025 | 12:50
ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް - ފޮޓޯ: މަޖިލިސް

އެމްޑީޕީން ރޭގައި ބޭއްވި މުޒާހަރާއަށް ރަށަކުން ހަތަރު މީހުންވެސް ނުގެނެވުނު ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ ރޭގެ މުޒާހަރާއާއި ގުޅޭގޮތުން ކުރެއްވި ޕޯސްޓެއްގައެވެ.

Advertisement

އެ ޕޯސްޓްގައި ފަލާހް ވިދާޅުވެފައިވަނީ ދެ މަސް ވާންދެން ކޮންމެ ރެއަކާއި ކޮންމެ ދުވަހަކު އެމްޑީޕީގެ މުޅި ލީޑަޝިޕާއި އާންމު އެތައް މެންބަރުންނެއް މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ގާތްގަނޑަކަށް 188 ރަށުގައި މުޒާހަރާއަށް މީހުން ގެންނަން ކުރި ބުރަ މަސައްކަތުން ރަށަކުން ހަތަރު މީހުންވެސް ހަމަ ނުވާކަމަށެވެ.

"މި މުޒާހަރާއަށް 19 މިލިޔަން ރުފިޔާ ވިޔަފާރިވެރިން އަތުން ނަގާ، ރަށްރަށުން ގެނައި މީހުންކޮޅު ރޭ މަގުމަތީގަ ބިކަކޮށް އެ ލާރިކޮޅުވެސް ތި މަޅާލީ ލީޑަޝިޕްގައި ހިމެނޭ ދެތިން މީހުން ނޫންތޯ؟" ފަލާހް ވިދާޅުވެފައިވެއެވެ.

ޕާޓީގެ ރިޔާސީ ތިން ކެނޑިޑޭޓުން ހުވާ ކުރަން ތައްޔާރުވުމާ އަދި ބެންކޮކްގައި ތިން މަސާޖުޕާލާއާއި ހަށިވިއްކާ ނެއް ހިންގަން ހުރި ވަގެއްވެސް ރާއްޖެ ގެނުވުމުން ރައްޔިތުންނަށް އެކަން ބޮޑު ޖޯކަކަށް ވި ކަމަށެވެ.

"10،000 މީހުން އެއްކުރަން ރޭވި މުޒާހަރާއަށް ޕީއެންސީ ހަރުގެ ޖަލްސާއެއްގެ ސައިޒުވެސް ދައްކާނުލެވުނީމަ ރޭގަ ވަރަށް ސާފު ދެއްތޯ!" ފަލާހް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ މުޅި ކޮރަޕްޓް ލީޑަޝިޕް ބަދަލުނުކޮށް ކުރިއަށް ހިނގައިވެސް ނުގަނެވޭނެކަމަށް ވިދާޅުވަމުން ފަލާހް ފާހަގަކުރައްވާފައިވަނީ ރައްޔިތުން ތިއްބެވީ ލޮލާއި، ބޮލާއި، ހިތުގެ އަޑިން ރައީސް މުޢިއްޒުގެ ސަރުކާރާއި ރުހި ޤަބޫލުވެ ފިސާރި ސާބިތުކަމާއެކު 2028 ވެސް ރައީސް މުޢިއްޒަށް ދޭން ރެޑީގައި ތިބިކަން ރޭގައި ރައްޔިތުން ބުނެދީފި ކަމަށެވެ.

މުޒާހަރާގައި ދިވެހި ފުލުހުންގެ ކެތްތެރިކަމާއި ޕްރޮފެޝަނަލް މަސައްކަތްޕުޅަށް ސެލިއުޓް ކުރައްވާކަމުގައިވެސް ފަލާހް ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް
ނޮންނު
އަނގަތަޅާ މީހުންގެ އަގަޔަކުން ނައަރާނެ ކޮންމެވެސް އެއްޗެއް ކިޔާނެ ކާރިވާވަރަކަށް ދެން ހަޖަމް ކޮށްލާ ޕާޓީތަށް ވަގަށް ނަގާގެން އުނުނަސް ދެންދާނީ މަދުވަމުން މީމިހާތަނަށް ކަންހިނފާވާގޮށް
04 Oct 2025
ރައްޔިތުން
ފަޅާހް ކަލޭ ލޮލަށް ކޯޗެއް އެޅިފަހުރީ
04 Oct 2025
އިއްބެ
ދޮގުނުހަދާ ދޮގުހަދާކަންކަށަވަރީ ބާވައިލެއްވި އާޔައްތަކަށްއީމާންނުވާމީހުންނެވެ
04 Oct 2025