ލައިވް ބްލޮގް: ޖަލްސާ ކުރުކޮށްލުމަށްފަހު އެމްޑީޕީން ސީދާ ހަރަކާތަށް
މުޒާހަރާގެ އެންމެ އިސް ސަފުގައި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން
ޝީލްޑްތަކާއެކު ތިބި ފުލުހުން، އިހުތިޖާޖުގެ ބައިވެރިން ކޮންޓްރޯލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދޭ - ފޮޓޯ: ސަން ޓީވީ ލައިވް
ފުލުހެއްގެ އަތުން ޝީލްޑް އަތުލައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއާއެކު ހޯމް މިނިސްޓަރު އިހްސާން ވިދާޅުވެފައިވަނީ އެއީ ސުލްހަވެރި އިހުތިޖާޖެއްގެ އަމަލެއް ކަމުގައި ބަލައި ނުގަނެވޭނެ ކަމަށް
އިހުތިޖާޖު ކުރާ ފަރާތްތަކުން ކުރިއަށް ދާން ހުއްދަ ދީފައިވާ ރޫޓަކީ އަމީނީ މަގު ރޫޓު ނަމަވެސް، މުޒާހަރާގެ ބައިވެރިން ދިމާކޮށްފައިވަނީ މަޖީދީ މަގުން ކުރިއަށްދިއުމަށް، އެހެންކަމުން ފުލުހުންގެ ބެރިކޭޑުތަކާ ކުރިމަތިލާންޖެހި، ފުލުހުން މިހާރު ވަނީ އެތައް ފަހަރަކު ތަކުރާރުކޮށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފައި
އެމްޑީޕީއިން "ލޫޓުވާލައިފި ލޫޓުވާލައިފި" ނަމުގައި ކުރިއަށްދަން ފެށި ޖަލްސާ ކުރުކޮށްލުމަށްފަހު މިހާރު ޖަލްސާގެ ބައިވެރިން ވަނީ ސީދާ ހަރަކާތަށް ނިކުމެފައެވެ.