މިރޭ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް އެކި ސަރަހައްދުތައް ބަންދުކުރެވޭނެ: ފުލުހުން
މިރޭ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް އެކި ސަރަހައްދު ބަންދުކުރެވޭނެކަމުގައި ދިވެހި ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިއަދު ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައިވާގޮތުގައި އެކަން އެގޮތަށް ކުރަނި ފުލުހުން މިރޭ ކުރިއަށްގެންދާ އޮޕަރޭޝަނަކާއި ގުޅިގެންނެވެ.
"މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދެން، އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިހެން ބުނެފައިވާއިރު އިދިކޮޅު ފަރާތްތަކުން އަންނަނީ "ލޫޓުވާލައިފި ލޫޓުވާލައިފި" މި ނަމުގައި ޖަލްސާއަކާއި ހިނގާލުމެއް މިރޭ ބާއްވަން ތައްޔާރުވަމުންނެވެ.