Advertisement

މުޒާހަރާ ކުރަން އުޅެނީ ފައިސާ ޗާޕުނުކޮށް ހާލަތުން އަރައިގަނެ މަޝްރޫޢުތައް ބާރަށް ކުރިއަށްގެންދާތަން ބަލަން ކެތް ނުވެގެން: ވަޒީރު ޝިޔާމް

03 Oct 2025 | 15:51
ވަޒީރު ޝިޔާމް

އިދިކޮޅު ފަރާތްތަކުން މިރޭ މުޒާހަރާ ކުރަން އުޅެނީ ފައިސާ ޗާޕްނުކޮށް ހާލަތުން އަރައިގަނެ ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ކުރިޔަށް ދާތަން ބަލަން ތިބުން ވާދަވެރިންނަށް ކެތް ނުވާތީ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

Advertisement

ޝިޔާމްގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ އެމް.ޑީ.ޕީގެ ސަރުކާރުން އޭރު ކުރަމުންދިޔަ ވައްކަންތަކުގެ ވާހަކަ ދިޔައީ ކެނޑިނޭޅި  މަޖިލީހުގައި ދައްކަމުން ކަމަށާއި ކޮވިޑުގެ ބަލިމަޑުކަންވެސް ވީ ވައްކަންކުރަން ލިބުނު ރަނުގެ ފުރުޞަތަކަށް ކަމަށެވެ.

"ވެންޓިލޭޓަރުން ކުރީ ވައްކަން، އެޅި ކޮވިޑް ފެސިލިޓީތަކުން ކުރީ ވައްކަން، ފެސިލިޓީތަކަށް ކޭޓަރ ކުރުމުގައިވެސް ކުރީ ވައްކަން، އެންމެ ކުޑަމިނުން މާސްކުންވެސް ކުރީ ވައްކަން، މަގު  ހެދުމުން  ކުރީ  ވައްކަން، ހޮސްޕިޓަލްތައް  އެޅުމުގެ  ނަމުގައި  ކުރީ  ވައްކަން،  ކުނި  މެނޭޖްކުރާ  ސެންޓަރުތައް  ހެދުމުގެ  ނަމުގައި  ކުރީ  ވައްކަން،  މިހެންގޮސް  ކިޔާނެ  ކަމެއް  ނެތް،  ވައްކަން  ނުކުރާ  ހަމަ  އެއްވެސް  ދިމާލެއް  އޭރަކު  ނެތް، ފެނަކައިން އޭރު ކުރަމުން ދިޔަ ވައްކަންތައް ފިއްކަނޑައިގެންދާވަރު" ވަޒީރު ވިދާޅުވެފައިވެއެވެ.

ޝިޔާމް ވިދާޅުވެފައިވަނީ މަޖިލީހުން ދެ ފަހަރެއްގެ މަތިން އެމައްސަލަތައް ބަލަން މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ރައީސް އިބޫ އެކަން މަޖިލިސް ތެރެއިން ހުއްޓުވާ އޭ.ސީ.ސީގެ މެންބަރުން ބަދަލުކުރީ ކަމަށެވެ. އެމް.ޑީ.ޕީ ސަރުކާރުގެ ފަސް އަހަރު އެކަނި 64 ބިލިއަން ރުފިޔާގެ ދަރަނި އުފެއްދިއިރު ވެރިކަން ނިންމާލީ މަސްވެރިންނަށް 250 މިލިއަން ނުދައްކާކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

"ކުދި  އަދި މެދު  ފަންތީގެ ވިޔަފާރިތައް  ފުނޑާލި، ދިވެހި ވިޔަފާރިތަކަށް 8 ބިލިޔަން ރުފިޔާ ދައްކަން އޮތް، މިއަދު ޑޮލަރަށް މިއަރާ ބާރަކީ އޭރު އެތައް ބިލިއަނުން ފައިސާ ޗާޕުކުރުމުގެ ނަތީޖާ، ތަކެތީގެ އަގުބޮޑުވެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ ޢާއިލާތައް ނިކަމެތިވެ ޤައުމުގެ  އިޖުތިމާޢީ ފޭރާން އެއްކޮށް ވީދާ ކުދިކޮށްލި" ވަޒީރު އިތުރަށް ވިދާޅުވެފައިވެއެވެ.

ވަޒީރުގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ރައީސް ޑރ.  މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަތުވީ އިޤްތިޞާދީ ހުސް ތޮށިގަނޑެއް ކަމަށާއި ފައިސާ ޗާޕްނުކޮށް މިހާލަތުން އަރައިގަނެ ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ކުރިޔަށް ދާތަން ބަލަން ތިބުން ވާދަވެރިންނަށް ކެތްވާވަރުކަމަކަށްނުވާނެ ކަމަށެވެ. މިއަދު އެމް.ޑީ.ޕީއިން ކުރިޔަށް ގެންދާ މުޒާހަރާ އަކީ ގޮތް ހުސްވެގެން ޤައުމުގެ އަމާންކަން ނަގާލާ މަގުތައް ހަލަބޮލިކުރުމުގެ ނިޔަތުގައި އަމިއްލަ ސިޔާސީ މަޤްޞަދެއް ޙާސިލްކުރަން ބާއްވާ ހަރަކާތެއްކަން ފާހަގަކުރައްވައި، މި ސަރުކާރުން ޤާނޫނު ތަންފީޒު ކުރުމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށާއި ޤައުމުގެ އަމާންކަންނަގާލާ މަގުތައް ހަލަބޮލިކޮށް ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަން ކުޑަވެސް ޖާގައެއް ނުދޭނެ ކަމުގައިވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް
މުހައްމަދު
އެއީކޮންތަނެތްގަހިންގާކޮންމަސްރޫއެއްތޯމަނިކފާނުންވިދާޅުވެދެއްވަފާނުތޯ؟
03 Oct 2025
މޯޑ
އެއީކޮންރަށެއްގަހިންގާކޮންމަސްރޫއެއްތޯ މަނިކފާންއަޅެވިދާޅުވެދެއްވަފާނތޯ
03 Oct 2025