އުރީދުއާއި އިޖުތިމާއީ ވުޒާރާ ގުޅިގެން އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް އުފާވެރި ހަވީރެއް ބާއްވައިފި
އުރީދޫ މޯލްޑިވްސް އާއި އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން، އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް އުފާވެރި ހަވީރެއް ބާއްވައިފިއެވެ.
އިއްޔެ ކުރިއަށްގެންދިޔަ ހަވީރުގެ ތެރެއިން - ފޮޓޯ: އުރީދޫ މޯލްޑިވްސް
ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަސް، ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު އުރީދޫއާއި އިޖުތިމާއީ ވުޒާރާ ގުޅިގެން ހެދިގޮނޑުދޮށުގައި ކުރިއަށްގެންދިޔަ ހަވީރުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ.
އިއްޔެ ކުރިއަށްގެންދިޔަ ހަވީރުގެ ތެރެއިން - ފޮޓޯ: އުރީދޫ މޯލްޑިވްސް
އިއްޔެ ކުރިއަށްގެންދިޔަ އެ ހަވީރުގައި މަދަހަ އާއި ރައިވަރު ކިޔުމާއި، މަދަހަ އަދި ބަނދި ކިޔުމާއި ލަވަ ހުށަހެޅުމާއި ފަރިހި ކިޔުމާއި ލުއި ކަސްރަތު ހަރަކާތް ކުރިއަށްގެންގޮސްފައިވެއެވެ.
އިއްޔެ ކުރިއަށްގެންދިޔަ ހަވީރުގެ ތެރެއިން - ފޮޓޯ: އުރީދޫ މޯލްޑިވްސް
ކުޅަދާނަ ހުށަހެޅުންތެރިޔާ އަދި ކޮމީޑިއަން އަދި ކޮންޓެންޓް ކްރިއޭޓަރ ކާއްޓެ ޕްރެޒެންޓްކޮށްދިން އެ ހަވީރު ޝަރަފުވެރިކޮށްދެއްވީ އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އާއިޝަތު ޝިހާމެވެ.
އިއްޔެ ކުރިއަށްގެންދިޔަ ހަވީރުގެ ތެރެއިން - ފޮޓޯ: އުރީދޫ މޯލްޑިވްސް