Advertisement

އެމް-ފައިސާ މެދުވެރިކޮށް "ފަތުރުވެރިން"ގެ ކަސްޓަމަރުންނަށް އެމް-ފައިސާ ޓްރެވަލް އިންސުއަރަންސް

27 Sep 2025 | 23:23
އުރީދޫ އަދި ފަތުރުވެރިން -

އެމް-ފައިސާއިން، ދިވެހީންގެ މެދުގައި މަގްބޫލު ޓްރެވަލް އޭޖެންސީއެއް ކަމުގައިވާ "ފަތުރުވެރިން" އާއެކު، އެ އޭޖެންސީގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޓްރެވަލް އިންސުއަރަންސް ހަމަޖެއްސޭފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފަތުރުވެރިން ޓްރެވަލް އޭޖެންސީއަކީ ދުނިޔޭގެ އެތަން މިތަނަށް ދަތުރުކޮށްލާ، އެފަދަ ދަތުރުގެ އެންމެހާ ކަންކަން ލުއިފަސޭހަކޮށްދީ ތަފާތު ތަޖުރިބާއެއް އެ އޭޖެންސީގެ ކަސްޓަމަރުންނަށް ހިއްސާކޮށްދިނުމުގެ އަޒުމާއި މަގުސަދުގައި ހިންގަމުން އަންނަ ޓްރެވަލް އޭޖެންސީއެކެވެ.

Advertisement

އެމް-ފައިސާ ޓްރެވަލް އިންސުއަރަންސް އަކީ ޤައުމުން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް އުރީދޫ މޯލްޑިވްސް އިން އަމާނާ ތަކަފުލްއާއި ގުޅިގެން ތައާރަފުކޮށްފައިވާ ޑިޖިޓަލް އިންސުއަރަންސް ޚިދުމަތެކެވެ.

އުރީދޫ ސުޕަރ އެޕްގައިވާ ޑިޖިޓަލް ވޮލެޓު، އެމް-ފައިސާ މެދުވެރިކޮށް ފަސޭހައިން ބައްލަވައިގަނެވޭގޮތަށް ތައްޔާރުކޮށްފައިވާ އެމް-ފައިސާ ޓްރެވަލް އިންސުއަރަންސްގައި ދަތުރުމަތީގައި ނުކުޅެދުންތެރިކަމުގެ ހާލަތެއް ނުވަތަ ފުރާނަ ދިއުންފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ކަވަރޭޖްގެ ގޮތުގައި 771،000 ރުފިޔާ އާއި ހަމައަށް ޞިއްޙީ އިމަޖެންސީ ހާލަތްތަކުގައި 1،542،000 ރުފިޔާއާއި ހަމައަށް ކަވަރޭޖް ލިބިގެންދާނެއެވެ.

މީގެ އިތުރުން ފުރަން އޮންނަ ފްލައިޓައް ލައްވައިނުލުން، ކަނެކްޓިންގް ފްލައިޓާ ލައްވައިނުލުން، އަދި ދަތުރުގެ ދިގުމިން 12 ގަޑިއިރަށްވުރެ ދިގުވުމާއި ޕާސްޕޯޓާއި ޗެކިން ބަގެޖް ގެއްލުމާއި ފްލައިޓް ކެންސަލްވުން ފަދަ ހާލަތްތަކަށް އެމް-ފައިސާ ޓްރެވަލް އިންސުއަރަންސް ޕެކޭޖް ކޮމްޕެންސޭޓް ކުރާނެއެވެ.

Advertisement

ކޮމެންޓް