Advertisement

އިންޑިއާގެ ރައްޔިތަކު ދިރި ދުނިޔޭގަ ހުންނަނީ ކަޅުތެޔޮ ބޮއެގެން ކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި !

23 Sep 2025 | 21:26
އޭނާގެ ވަނަމަކީ އޮއިލް ކުމާރު ކަމަށް ބުނެފައިވޭ -

އަވަށްޓެރި އިންޑިއާގެ ރައްޔިތަކު ދިރި ދުނިޔޭގައި ހުންނަނީ ކަޅުތެޔޮ ބޮއެގެން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ޓައިމްސް އޮފް އިންޑިއާ، އެންޑީޓީވީ އަދި ޒީނިއުސް ފަދަ ނޫސްތަކުން މި ޚަބަރު ރިޕޯޓުކޮށްފައިވަނީ އިންސްޓަގްރާމްގައި އަވަލައްކި ޕަވަލައްކި ނަމުގައި ހިންގާ އެކައުންޓަކުން އަޕްލޯޑުކޮށްފައިވާ ވީޑިއޯއަކާ ހަވާލާދީއެވެ.

Advertisement

އެ ވީޑިއޯގައި ބުނާގޮތުގައި ވަނަމަކަށް އޮއިލް ކުމާރު ނަމަކަށްކިޔާ އެ މީހާ އާންމު ކެއުންތައް ހަމަ އެއްގޮތަކަށް ނުކައެވެ. ބަދަލުގައި ބޮނީ ކަޅުތެލެވެ. އޭނާގެ ނާސްތާއަކީ އެއީ ކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް އިންޖީނު ތެލަކީ އިންސާނާގެ ހަށިގަނޑަށް އިންތިހާ ނުރައްކާތެރި އެއްޗެއްކަން ހާމަކޮށް އިންޑިއާގެ ބައެއް ނޫސްތަކުގައި އޮއިލް ކުމާރުގެ އެ ވާހަކަތައް ދޮގުވެސް ކޮށްފައިވެއެވެ.

Advertisement

ކޮމެންޓް