Advertisement

އުރީދޫ ނޭޝަން ގެ އީއެފްއޭސީ 2025 އެލީޓް ޝޯޑައުން ގެ ޗެމްޕިއަނަކަށް މުހައްމަދު އައިމަން

21 Sep 2025 | 20:49
ޗެމްޕިއަން އައިމަން - ފޮޓޯ: އުރީދޫ މޯލްޑިވްސް

އޫރިދޫ ނޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި އެލީޓް ޝޯޑައުން 2025 - އީ.އޭ.އެފް.ސީ ސީރީޒް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

މަޤްބޫލު ފުޓްބޯޅަ ވީޑިއޯ ގޭމެއް ކަމަށްވާ އީ.އޭ.އެފް.ސީ ގެ މި މުބާރާތް ބޭއްވުނީ ހުޅުމާލޭގައި ހުންނަ އޫރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާރސްގައެވެ.

Advertisement

ސިންގަލް އެލިމިނޭޝަން ފޯމެޓެއްގައި ކުރިއަށް ގެންދެވުނު މި މުބާރާތުގައި ޖުމްލަ 24 ކުޅުންތެރިން ބައިވެރިވެ ވާދަކުރިއެވެ.  

މުބާރާތުގެ ޗެމްޕިއަންކަން ހޯދި މުޙައްމަދު އައިމަނަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ލިބުނެވެ. ދެވަނައަށް ދިޔަ ޢަބްދުﷲ މާޙިލަށް 3،000 ރުފިޔާ އަދި ތިންވަނައަށް ދިޔަ މުޙައްމަދު ޒަމީލަށް 2،000 ރުފިޔާގެ އިނާމު ލިބިގެން ދިޔައެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އިސްވެރިން އަދި ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. 

އިވެންޓް ނިންމާލުމުގެ ގޮތުން، މުބާރާތުން ވަނަތައް ހޯދި ދެ ކުޅުންތެރިން ކަމުގައިވާ ޒަމީލާއި އައިމަން ވަނީ އެފްސީ26 ގައި ޑެމޯ މެޗެއް ކުޅެ، ވާދަވެރި ފުޓްބޯޅަ ގޭމިންގގެ ދެން ކުޅޭ ގޭމް، އީއޭއެފްސީ 26ގެ ފުރަތަމަ ތަޖުރިބާ ދައްކާލާފައެވެ. މިއީ ރާއްޖޭގެ އީސްޕޯޓްސް ދާއިރާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެއް ކަމުގައި ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް