Advertisement

ޣައްޒާ މަސްރަޙް: ބައިނަލްއަގުވާމީ ޕްރެޝަރަކަށް ބެލުމެއްނެތި އިސްރާއީލުގެ ހަމަލަތައް ކުރިއަށް – އިތުރު 60 މީހަކު ސަހީދުވި

21 Sep 2025 | 10:19
ޣައްޒާގެ ރައްޔިތުން އަންނަނީ ސަލާމަތީ ޒޯންތައް ކަމަށް ބުނާ ޒޯންތަކަށް ދަތުރުކުރަމުން - އޭޕީ ފޮޓޯ: އަބްދެލް ކަރީމް ހަނާ

މިއަދުވެސް ދުވަހުން މި ބަލައިލަނީ ފާއިތުވި 24 ގަޑިއިރު ޣައްޒާގެ މަސްރަޙުގެ ބައެއް ކަންކަމަށެވެ.

ފާހަގަކޮށްލެވޭ އެއް ކަމަކީ ބައިނަލްއަގުވާމީ ޕްރެޝަރު އިތުރަށް ބޮޑުވަމުންދިޔަނަމަވެސް އިސްރާއީލުގެ ލާއިންސާނީ ހަމަލަތައްވެސް ވަރުގަދަކޮށް އިތުރު ކުރަމުން އަންނަ ކަމެވެ.

Advertisement

މިއަދަށް އިރު އެރިއިރު ފާއިތުވި 24 ގަޑިއިރުގެތެރޭގައި ބޮމުގެ ހަމަލަތަކާއި ބަޑީގެ ހަމަލަކުގައި 60 އަށްވުރެ ގިނަ މީހަކު ސަހީދުކޮށްލާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ސަލާމަތް ހޯދުމަށް ޣައްޒާ ސިޓީ ދޫކޮށް ލައްކައިން މީހުން ސަލާމަތީ ޒޯންތަކޭ ބުނާ ޒޯންތަކަށް ދަތުރުކުރަމުން އަންނައިރު އިސްރާއީލުން ރޭގައި ބުނެފައިވަނީ އެމަގުން ފަސް ލައްކައެއްހާ މީހުން އެ ބުނާ ޒޯނަކަށް ގޮސްފައިވާކަމަށެވެ.

ބަނޑުހައިހޫނުކަމުގެ ހާލަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާއިރު ކާބޯތަކެތި ލިބުމުގެ ދަތިކަމާއި ޞިއްޙީ ޚިދުމަތް އެކުގައިހެން ނެތިގެންދާކަމުގެ ބިރާއި މުޅި ޣައްޒާގެ އިންފްރާސްޓްރަކްޗަރ ބިމާހަމަވަމުން އަންނަ އައުން މިއަދުވެސް ކަންބޮޑުވުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ ސުރުހީތަކުގައިވެސް ފާހަގަކޮށްފައިވެއެވެ.

ބައިނަލްއަގުވާމީ ޕްރެޝަރަށް ބަލާއިރު ފަލަޞްޠީނު ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޕޯޗުގަލް، އިނގިރޭސިވިލާތް، ފްރާންސް އަދި ކެނެޑާ ނިންމާފައިވާއިރު އެ ޤައުމުތަކުން އެ މަޑުކުރަނީ އދ ގެ ޖެނެރަލް އެސެމްބްލީއަށެވެ.

Advertisement

ކޮމެންޓް