Advertisement

އަނަންޔާ ރާއްޖޭގައި އެބަހުރި

12 Sep 2025 | 14:27
އަނަންޔާ ޕާންޑޭ ރާއްޖޭގައި -

ބޮލީވުޑް ބަތޮލާ އަނަންޔާ ޕާންޑޭ، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.

އޭނާގެ އިންސްޓަގްރާމް ޕޯސްޓްތަކުން އެނގޭގޮތުގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ވާލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައެވެ.

Advertisement

އައިސް އުޅެނީ އެކަނި ކަމެއް ބައިވެރިޔަކާ އެކުކަމެއް ސާފެއް ނޫނެވެ.

ޗަންކީ ޕާންޑޭގެ ދަރި، އަނަންޔާ ޕާންޑޭ ހިންދީ ފިލްމީ ކެރިއަރ ފެށީ 2019 ވަނަ އަހަރު ރިލީޒްކުރި ސްޓޫޑަންޓް އޮފް ދަ އިޔާގެ ދެވަނަ ފިލްމުންނެވެ.

އެއަށްފަހު މި ހަ އަހަރުގެ ތެރޭގައި 12 ފިލްމެއް ކުޅެފައިވާއިރު އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ކޭސަރީ ޗެޕްޓަރ 2 އިންނެވެ. އަންނަ އަހަރަށްވެސް ދެ ފިލްމަކަށް ސޮއެކޮށްފައިވެއެވެ. އެއީ ފިލްމު ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ އާއި ފިލްމު ޗާންދު މޭރާ ދިލް އެވެ.

އުމުރުން މިހާރު 26 އަހަރުގެ އަނަންޔާ އަދި ހުރީ ހުސްކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

Advertisement

ކޮމެންޓް