Advertisement

ޤައުމީ ތަރިކަ އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ޤައުމީ އަމާނާތެއް: ރައީސް މުޢިއްޒު

12 Sep 2025 | 11:07
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރު ޤައުމީ ދުވަހުގެ ހއ. އުތީމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ޤައުމީ ތަރިކަ އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ޤައުމީ އަމާނާތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންމިދާ ޤައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

Advertisement

ރައީސްގެ އެ މެސެޖުގައި ވިދާޅުވެފައިވަނީ އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހިވަންތަ ރީތި އާދަކާދަތަކާއި، ދިވެހި މަސައްކަތްތެރިކަމާއި، އާސާރީ ތަންތަނާއި ތަކެއްޗާއި، މާޒީގެ ފަޚުރުވެރި ތާރީޚަކީ ދިވެހި ޤައުމީ ތަރިކައިގެ އެންމެ އަގުހުރި ޚަޒާނާތައް ކަމަށާއި މި ހުރިހާ ތަކެއްޗާއި ކަންކަން އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށް ދިނުމަކީ ޤައުމީ އަމާނާތެއް ކަމަށެވެ. އަދި ދިވެހި ޤައުމުގެ ދެމިއޮތުމަށްޓަކައި އަދާކުރުން ލާޒިމު ވާޖިބެއް ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހަކީ ޤައުމީ ތަރިކައިގެ ދުވަސްކަމުގައި ސަރުކާރުން ކަނޑައެޅީ މީގެ ދެ އަހަރު ކުރިން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުގައެވެ.

Advertisement

ކޮމެންޓް