Advertisement

ދިރާގާއި މީޑިއާނެޓްގެ ޕަރޓްނަރޝިޕްގެ ދަށުން އޭޝިއާ ކަޕް 2025 ބަލައިލުމަށް ހާއްސަ އޮފަރއެއް

10 Sep 2025 | 11:06
ދިރާގާއި މީޑިއާނެޓްގެ ޕަރޓްނަރޝިޕްގެ ދަށުން އޭޝިއާ ކަޕް 2025 ބަލައިލުމަށް ހާއްސަ އޮފަރއެއް މިވަނީ ތައާރަފުކޮށްފައި -

ދިރާގާއި މީޑިއާނެޓް ގުޅިގެން ދިރާގު ކަސްޓަމަރުންނަށް އޭޝިއާ ކަޕް 2025 ބަލައިލުމަށް ހާއްސަ އޮފަރއެއް ތައާރަފްކޮށްފިއެވެ.

ދިރާގުން ބުނެފައިވާގޮތުގައި މި ހާއްސަ އޮފަރގެ ދަށުން ދިރާގު ކަސްޓަމަރުންނަށް އެންމެ 50 ރުފިޔާއަށް މީޑިއާނެޓް ޓީވީއަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު ލިބި، މި ރީޖަންގެ އެންމެ ފޯރިގަދަ ކްރިކެޓް މުބާރާތުގެ މެޗުތައް ސޮނީ ސްޕޯޓްސް ޓެން 1، 2 އަދި 5 ޗެނަލްތަކުން ވަގުތުން ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Advertisement

ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ހާއްސަ އޮފަރ ދިރާގުއެޕް އަދި މައިއެކައުންޓް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެއެވެ.

އޭޝިއާގެ އެންމެ މަގުބޫލު އެއް މުބާރާތް ކަމުގައިވާ މި މުބާރާތުގައި ކްރިކެޓްގެ އެންމެ ވަރުގަދަ ޓީމުތައް ފެނިގެންދާނެއެވެ. މީގެ ތެރޭގައި އިންޑިއާ، ޕާކިސްތާން، ސްރިލަންކާ، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ނޭޕަލް ހިމެނެއެވެ. މި މުބާރާތް ކުރިއަށް ދާނީ 9 އިން 28 ސެޕްޓެންބަރުގެ ނިޔަލަށެވެ.

ދިރާގުން ދަނީ ކަސްޓަމަރުންނާ ހަމައަށް އެންމެ ފަހުގެ މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި ތަފާތު ގިނަ ހިދުމަތްތައް ހެޔޮ އަގުގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން ފޯރުކޮށްދެމުންނެވެ.

Advertisement

ކޮމެންޓް