Advertisement

ބަންގްލަދޭޝްގައި ޑެންގީ އާއި ޗިކުންގުންޔާގެ ބިޔަ ރާޅެއް

08 Sep 2025 | 09:06
ޑެންގޫ އާއި ޗިކުންގުންޔާ ބަންގްލަދޭޝްގައި އިންތިހާއަށް އިތުރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނޭ - ފޮޓޯ: ރޮއިޓާސް

މަދިރީގެ ޒަރީއާއިން ޖެހޭ ދެ ބައްޔެއް ކަމުގައިވާ ޑެންގީ އާއި ޗިކުންގުންޔާގެ ބިޔަ ރާޅެއް ބަންގްލަދޭޝް އަށް ބިންދާލައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިންތިހާއަށް މި ދެ ބަލި އިތުރުވެ އިންތިހާ ބާރުމިނެއްގައި މި ދެ ބަލި ފެތުރެމުން އަންނައިރު އާއްމު ޞިއްޙީ ކާރިސާއެއްގެ ބިރު ވަނީ ހީވެފައެވެ.

Advertisement

އެ ޤައުމުގެ ޑިރެކްޓޮރޭޓް ހެލްތު ސާވިސްއިން ހާމަކޮށްފައިވާގޮތުގައި މި އަހަރު މިހާތަނަށް ޑެންގީގެ 33،800 ކޭސް ރިޕޯޓު ކުރެވި 132 މީހަކު ޑެންގީ ބަލީގައި ދުނިޔެ ދޫކޮށްފައިވެއެވެ. އަދި މި ހިނގާ ސެޕްޓެމްބަރުގައި އެކަނި ޑެންގީގައި 10 މީހަކު ދުނިޔެ ދޫކޮށްފައިވާއިރު 1،500 އެއްހާ މީހުން މިވަގުތުވެސް ގަދަ ހުމާއެކު ހަސްފަތާލުތަކުގައި އެޑްމިޓްކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

ޗިކުންގުންޔާ އެ ޤައުމާ މި ފަހުން ދުރު ނަމަވެސް އެ ޤައުމުގެ ލެބޯރެޓޮރީ ޑާޓާތަކުން ދައްކަނީ މި އަހަރުގެ ޖެނުއަރީއިން ޖުލައި އަށް ޗިކުންގުންޔާ ވަރަށް ބޮޑަށް އިތުރުވެފައިވާކަމެވެ.

ޑެންގީއާއި ޗިކުންގުންޔާގެ މި ބިޔަ ރާޅާއެކު ހަސްފަތާލުތަކާއި މެޑިކަލް ސެންޓަރުތަކަށް ބާރު ބޮޑުވެފައިވާކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

Advertisement

ކޮމެންޓް