Advertisement

އެންމެ ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނާނެ ވަގުތު މެޓުން ބުނެދީފި

07 Sep 2025 | 21:34
ހަނދު ކޭތަ -

މިރޭ ހިފާ ހަނދުކޭތަ، ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނާނެ ވަގުތު މެޓުން ބުނެދީފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިރޭގެ ހަނދު ކޭތައާއި ގުޅުވައި ނެރުނު ނިއުސް ބުލެޓިންއެއްގައެވެ.

Advertisement

އެ ނިއުސް ބުލެޓިންގައި މެޓުން ބުނެފައިވަނީ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން މިރޭ 08:28 ހާއިރު ކަމަށާއި ނަމަވެސް ލޮލަށް ފެންނަން ފަށާނީ މިރޭ 09:30 ހާއިރު ކަމަށެވެ.

"ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނާނީ 10:30 އިން ފެށިގެން 11:52 އާ ހަމައަށް، ކޭތަ ވީއްލާ ނިމޭނީ ދަންވަރު 01:55 ގައި" މެޓުން ބުނެފައިވެއެވެ.

މިރޭ ރާއްޖޭގެ މޫސުމަށް ބަލައިލާއިރު އާއްމުގޮތެއްގައި އުޑުމަތި ސާފުކަމަށްވެސް މެޓުން ބުނެފައިވެއެވެ.

މިރޭ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކޭތަ ނަމާދު ކުރާނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވާގޮތުގައި ކޭތަ ނަމާދު ކުރާނީ މިރޭ 11:12ގައެވެ.

Advertisement

ކޮމެންޓް
Ali zuhair
އޯކޭ
07 Sep 2025
كينتريا
ماشاء الله
07 Sep 2025