Advertisement

މަނީޝާ ރާނީ ރާއްޖެ އައިސް ރާއްޖެއަށް ވަރަށް ތައުރީފުކޮށް ރާއްޖެ އިސްތިހާރުކޮށްދީފި

07 Sep 2025 | 09:45
މަނީޝާ ދިވެއްސަކާއެކު -

އިންޑިއާގެ ޓީވީ ތަރި މަނީޝާ ރާނީ ޗުއްޓީއަކަށް ރާއްޖެއައިސް ރާއްޖެ ޕްރޮމޯޓްކޮށްދީފިއެވެ.

ރިއާލިޓީ ޝޯތައް ކަމުގައިވާ ބިގްބޮސް، ޖަލަކް ދިކްލާޖާ ފަދަ ޝޯތަކުން ފެނިގެންގޮސްފައިވާ އަދި 2022 އިން ފެށިގެން ގިނަ މިއުޒިކް ވީޑިއޯތަކެއް ކުޅެފައިވާ މަނީޝާ ރާނީ ރާއްޖެ އައިސްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

Advertisement

އޭނާ ޗުއްޓީ ހޭދަކުރީ ސަން ސިޔާމް ވޯލްޑްގައެވެ.

ރާއްޖޭގައި ހޭދަކުރި ޗުއްޓީ މަނީޝާ ވަނީ އޭނާގެ ޔޫޓިއުބް ޗެނަލްގައި ވްލޮގެއް ކޮށްފައެވެ. "ސެލްފް ލަވް ކާ ބެސްޓް ޑެސްޓިނޭޝަން – މޯލްޑިވްސް" މި ނަމުގައި މަނީޝާ އަޕްލޯޑްކޮށްފައިވާ ވްލޮގްގައި ރާއްޖެއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެއެވެ.

Advertisement

ކޮމެންޓް