Advertisement

ޕާކިސްތާނު ސްކޫލެއްގެ ޕްރިންސިޕަލަކު ޕިއޯނާ ކައިވެނިކޮށްފި – ސިއްރަކީ ސައިތަށި !

05 Sep 2025 | 18:34
ފައްޔާޒާއި ފަރްޒާނާ -

ޕާކިސްތާނުގެ ޕަންޖާބުގެ މުލްތާނުގެ ސްކޫލެއްގެ ޕްރިންސިޕަލަކު އެ ސްކޫލުގެ ޕިއޯނާއި ކައިވެނިކޮށްފިއެވެ.

މުލްތާނުގެ ސެކަންޑަރީ ސްކޫލެއްގެ ޕްރިންސިޕަލްގެ މަގާމުގައި ހުރި ފަރްޒާނާ، އެ ސްކޫލުގެ ޕިޔޯނުގެ މަގާމުގައި ހުރި ފައްޔާޒާއި ކައިވެނިކޮށްފައިވަނީ ނިމުނު އޯގަސްޓް މަހުގެ ފަހުކޮޅުގައެވެ.

Advertisement

މި ކައިވެނީގެ ވާހަކަ ޕާކިސްތާނު މީޑިއާތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދާފައިވާއިރު ފަރްޒާނާ ބުނެފައިވަނީ ފައްޔާޒްދެކެ ލޯބިވެވުނީ ފައްޔާޒްގެ ހުލްގު އަހުލާގާއި ކޮންމެ ދުވަހަކު ހެނދުނު ސައިތަށި ގެނެސްދޭގޮތުގެ ސާދާކަމުން ކަމަށެވެ. ފައްޔާޒަށް ޕްރޮޕޯޒް ކުރެވުނީ ވަރަށް ހިތްވަރުން ކަމަށާއި ކައިވެންޏަށް ހުށަހެޅުމުން ފައްޔާޒް އެކަމަށް އެއްބަސްވީކަމަށްވެސް ފަރްޒާނާ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް