Advertisement

ވީޑިއޯކްލަބްގެ އާ އަހަރުގެ ފެށުން "ހިންތާ" އާއެކު!

26 Jan 2025 | 12:58
ނޮވެމްބަރު 23 ވަނަ ދުވަހު "ހިންތާ" މި ނަމުގެ ދިވެހި ސީރީޒްއެއްގެ ޓީޒަރއެއް މީޑިއާނެޓުގެ ވީޑިއޯކްލަބް ޚިދުމަތުގެ ފަރާތުން މީސްމީޑިއާގައި ބެލުންތެރިންނަށް ދޫކޮށްލިއެވެ. ރާޒުވާ ކުޅިގަނޑަކާއި، ލިޔެކިޔުންތަކަކާއި، ދަންފުޅިއަކާއި ސިއްކައެއް މި ޓީޒާރ އިން ފެނިގެންދެއެވެ. މާ ބޮޑަށް މި ސީރީޒްގައިވަނީ ކިހިނެއްކަން މި ޓީޒަރ އިން ނޭނގުނަސް މިހާހިސާބުންވެސް ގިނަ ބައެއްގެ މެދުގައި މި ސީރީޒްއާމެދު ޝައުގުވެރިކަން އުފެދިގެންދެއެވެ. މި ސީރީޒްގެ ބައެއް މަންޒަރުތައް މިވަނީ މިހާރު ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާފައެވެ. އިއްޔެވަނީ މި ސީރީޒްގެ ޓްރެއިލާރ މީސްމީޑިއާ މެދުވެރިކޮށް ބެލުންތެރިންނަށް ދައްކާލާފައެވެ. ރިލީޒްކުރުމާއެކު މި ސީރީޒްގެ ޓްރެއިލާރއަށް ދަނީ ގިނަބައެއްގެ ތައުރީފު އޮހެމުންނެވެ. ކޯޕަރޭޓް ތްރިލާ އެއްކަމަށްވާ، މި ސީރީޒްގައި ފެނިގެންދާނީ ޔުމްނާ އާއި ޝިޔާޒްގެ ވާހަކައެވެ. ކާމިޔާބު ދެ ވިޔަފާރިވެރިންނެވެ. އުފާވެރި ކައިވެންޏެއްގައި ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ. ވިޔަފާރީގެ މާހައުލުގައި ދިމާވާ ހާދިސާތަކާއެކު މި ދެމަފިރިންގެ ކައިވެނީގެ ޙަޔާތުގައި ދިމާވާ ތަފާތު އެކިއެކި ކަންކަން މި ސީރީޒްގައި ފެނިގެންދާނެއެވެ. މި ސީރީޒްގެ ލީޑު ރޯލުން ފެނިގެންދާނީ ޔުމްނާގެ ރޯލުން އާއިޝަތު ރާއިޝާ އަދި ޝިޔާޒްގެ ރޯލުން ސާމީ ހުސެއިންއެވެ. މިއީ ރާއިޝާ (ރާއި) ވީޑިއޯކްލަބްގެ ސީރީޒްއަކުން ފެނިގެންދާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ސީރީޒްގެ ޓްރެއިލާއަށް ފަހު ގިނަބައެއްގެ ލޯތައް ވަނީ ރާއިއަށް ހުއްޓިފައެވެ. ރާއިގެ އެކްޓިންގްގެ ނެޗުރަލްކަމަށާއި އަދި ރީތި ކަމަށް ގިނަ ބަޔަކުދަނީ ތަޢުރީފްކުރަމުންނެވެ. މި ސީރީޒްގައި ޝިޔާޒްގެ ރޯލުން ފެނިގެންދާ ސާމި، ލީޑް ރޯލަކުން ފެނިގެންދާ މިއީ ފުރަތަމަ ފަހަރުވެސް މެއެވެ. މީގެ ކުރިން ސާމި ކުޅެފައިވާ ރޯލުތަކާއި ޚިލާފަށް މި ސީރީޒްގައި ސާމިގެ އެކްޓިންގްގެ މޮޅުކަން ޓްރެއިލާ ބަލާލުމުންވެސް ފެނިގެންދެއެވެ. މީގެ އިތުރުން ފިލްމީ ދާއިރާގައި މަޝްހޫރު ނަންތައް ކަމުގައިވާ ހަސަން މަނިކު، މުހައްމަދު މަނިކު، އިފްނާޒް ފިރާގް، ރަޝްފާ ފާރޫގް އަދި ތާތި އާދަމްވެސް އެކި ރޯލުތަކުން ފެނިގެންދާނެއެވެ. އެމް އޮރިޖިނަލްސް ބޭނަރގެ ދަށުން ތައްޔާރުކުރާ މި ސީރީޒްއަކީ "އެއްކާފް" ގެ ޕްރޮޑަކްޝަނެކެވެ. ވީޑިއޯކްލަބްއިން ފެނިގެންދިޔަ ކާމިޔާބު އަދި މަގްބޫލު ސީރީޒް "ގަރީނާ" އަދި ފިލްމު "މަރިޔަމް" އަކީ އެއްކާފްގެ ޕްރޮޑަކްޝަނެކެވެ. ހިންތާ ސީރީޒް ޑައިރެކްޓްކުރަނީ ހުނަރުން ފުރިގެންވާ ދިވެހި ފިލްމީ ދުނިޔޭގައި އެންމެ މަގްބޫލު އެއް ޑައިރެކްޓަރު އަދި އެކްޓަރު ކަމުގައިވާ ރަވީ ފާރޫގެވެ. މިއީ އެމް އޮރިޖިނަލްސް ބެނާރގެ ދަށުން ތައްޔާރުކުރާ ސީރީޒްއެއްގައި ރަވީގެ ފުރަތަމަ ޑައިރެކްޝަންކަން ފާހަގަކޮށްލެވެއެވެ. އަދި މި ސީރީޒްގައި އަޒްހަރުގެ ރޯލުންވެސް ރަވީ ފެނިގެންދާނެއެވެ. މި ސީރީޒްގެ ވާހަކަ ތައްޔާރުކޮށްފައިވަނީ "މަރިޔަމް"، "ގަރީނާ"، "ބީވީމާ" ފަދަ ފުރިހަމަ ސްކްރީންޕްލޭތައް ލިޔެފައިވާ މޮޅު ލިޔުންތެރިޔާ އަހްމަދު ޒަރީރުއެވެ. "ހިންތާ" މީޑިއާނެޓުގެ ވީޑިއޯކްލަބް ޚިދުމަތަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 30 ޖަނަވަރީ ވާ ބުރާސްފަތި ދުވަހުއެވެ. މި ސީރީޒް އެކުލެވިގެންވަނީ ޖުމްލަ 10 އެޕިސޯޑުގެ މައްޗަށެވެ. މީޑިއާނެޓުގެ ކަސްޓަމަރުންނަށް އެމްޓީވީ ސާރވިސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެ މި ސީރީޒްގެ އެޕިސޯޑުތައް ބަލާލެވޭނެއެވެ. އަދި އެމް އެސް ގްލޯބަލްއާއި އެމް އެސް ޑީޖިޓަލް ގްލޯބަލް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށްވެސް މި ސީރީޒް ބަލާލެވޭނެއެވެ. "ރޯލީމޭ" ސީރީޒްއާއެކު 2024 ވަނަ އަހަރު ނިންމާލުމަށްފަހު 2025 ވަނަ އަހަރު ވީޑިއޯކްލަބްއިން ގެނެސްދޭ ފުރަތަމަ ސީރީޒްއަކަށް ވެގެންދާނީ "ހިންތާ" އެވެ. މީގެ އިތުރުންވެސް މުޅިން އާ ދިވެހި ފިލްމާއި ޑްރާމާ އަދި އެހެން ގައުމުތަކުގެ ފިލްމާއި ސީރީޒް މި އަހަރުތެރޭ މީޑިއާނެޓުގެ ވީޑިއޯކްލަބް ޚިދުމަތުން ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.
އެޑިޓަރުގެ ނޯޓް

Advertisement

ކޮމެންޓް