Advertisement

އެމްޑަބްލިއުއެސްސީގެ ޓަވަރުތަކާ އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް ގުޅާލައިފި

27 Feb 2023 | 10:52
އެމްޑަބްލިއުއެސްސީގެ ޓަވަރުތަކާއި އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް ގުޅާލައިފި އެވެ. މިކަން ހާމަކޮށް އެޗްޑީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ އެމްޑަބްލިއުއެސްސީގެ މަލަސް އިމާރާތް އެ ނެޓްވޯކާ ގުޅާލާފައިވާ ކަމަށެވެ. އަދި އިމާރާތުގެ އެޕާޓްމަންޓުތަކުގެ ވެރިފަރާތްތަކާއި ތަޅުދަނޑި ހަވާލުކުރުމުގެ ކުރިން އިމާރާތަށް ކަނެކްޝަން ގުޅާ މި މަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް އިންޓަނެޓް އަދި ޓީވީގެ ހިދުމަތް ލިބޭނެ ނިޒާމް ގާއިމުކުރެވިފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. އެޗްޑީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގައި އެޗްޑީސީގެ އެންމެ ކާމިޔާބު އެއް މަސައްކަތަކީ އެ ކޯޕަރޭޝަނުގެ އޯޕަން އެކްސެސް ފައިބަ ނެޓްވޯކް ކަމަށާއި މި ނެޓްވޯކް ގާއިމުކުރެވުމުން އިންޓަނެޓް އަދި ޓީވީ ހިދުމަތް ފައިބަ ނެޓްވޯކް މެދުވެރިކޮށް ދޭ ފަރާތްތަކަށް ކޮންމެ ކަސްޓަމަރަކާ ހަމައަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. މީގެ އިތުރުން އެޗްޑީސީން ބުނީ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރެވުނު 7،000 ހިޔާ ފުލެޓް، ސްޓެލްކޯގެ ބްލޫ ރިޖްގެ އިތުރުން އެމްއޭސީއެލްގެ ފުލެޓަށް ރައްޔިތުން ބަދަލުވިއިރު، އެޗްޑީސީގެ ސްމާޓްކޮމް ޓީމުން ވަނީ އެއިން ކޮންމެ އިމާރާތެއްގެ ހުރިހާ ފުލެޓްތަކެއް އޯޕަން އެކްސެސް ނެޓްވޯކް އާ ގުޅާލައި އެޕާޓްމަންޓުތަކުގައި އޯއެންޓީ ޑިވައިސް ހަރުކޮށް ހިދުމަތްތައް ދިނުމަށް ތައްޔާރުކޮށްފައިވާ ކަމަށެވެ. މި މަސައްކަތުން ލިބޭ ފަސޭހަތަކުގެ ތެރޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތް ބަދަލުކޮށްލަން ބޭނުންވި ކަމުގައި ވީ ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަމަށް މަގުފަހިވެގެންދާނެ ކަމަށާއި ހިދުމަތް މެދުކެނޑުމަށް ދިމާވާ މައްސަލަތައް މަދުކުރެވިފައިވާ ކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.
އެޑިޓަރުގެ ނޯޓް

Advertisement

ކޮމެންޓް