ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު ދިޔަ ހައްޖުވެރިންގެ ތެރެއިން 60 އިންސައްތަ ހާޖީން އިއްޔެ ނިޔަލަށް މިނާއަށް ދަތުރުކޮށްފައިވާކަމަށާއި ބާކީ 40 އިންސައްތަ ހާޖީން މިއަދު މިނާއަށް ދަތުރުކުރާނެ ކަމަށް ހައްޖު މިނިސްޓްރީ ގްރޫޕިން ޕްލޭނުން ހާމަކޮށްފި އެވެ.
ޓެންޓް ސިޓީގެ ގޮތުގައި މަޝްހޫރުވެފައިވާ މިނާގައި މި އަހަރު ހާޖީންގެ ހިދުމަތުގައި 160،000 ޓެންޓް ހުރިއިރު މި ޓެންޓް ތަކަކީ އަލިފާން ނުހިފާ ގޮތަށް ތައްޔާރުކޮށްފައިވާ ޓެންޓް ތަކެކެވެ. އެހެންނަމަވެސް ހިނގާފާނެ ހާދިސާއަކަށް ސަލާމަތީ ފައުޖުތަކުން ތިބީ ތައްޔާރަށް ކަމަށް ސައުދީން ހާމަކުރެ އެވެ. މިނާގައި ފެނުގެ ނިޒާމް ހަމަޖައްސާފައިވަނީ މިނާގެ ކޯރުތަކަށް ހޮޅި ގުޅައިގެންނެވެ.
ސައުދީން ބުނެފައިވަނީ މިނާގައި އެކަނިވެސް 3000 ހައްޖު ސިފައިން ހަރަކާތްތެރިވާނެ ކަމަށާއި އެ 3000 ހައްޖު ސިފައިން ހަރަކާތްތެރިވާނީ 49 ޔުނިޓަކަށް ބަހާލެވިގެން ކަމަށެވެ.
ހައްޖުވެރިން މިނާއަށް ދާން ނިކުންނާނީ އަށްވަނަ ދުވަހު މެންދުރު ވުމުގެ ކުރިންނެވެ. މިނާގައި މެންދުރުނަމާދާއި އަޞްރުނަމާދާއި މަޣްރިބްނަމާދާއި ޢިޝާނަމާދު، މި ހުރިހާ ނަމާދެއްވެސް އެނަމާދެއްގެ ވަގުތުގައި ޖަމްޢުކުރުމަކާއި ނުލައި ޤަޞްރުކޮށް ކުރުމަށްފަހު ޙައްޖުމަހުގެ ނުވަ ވަނަ ވިލޭރޭ މިނާގައި ރޭކޮށް އެރޭގެ ފަތިސްނަމާދުވެސް ކުރާނީ މިނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް