ޔަމަނުގައި ހޫތީންނާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ އަރަބި ކޯލީޝަނަށް ނިސްބަތްވާ ސިފައިންގެ 60 މީހަކު މަރުވެއްޖެ އެވެ.
މީޑީއާ ރިޕޯޓްތައް ބުނާގޮތުން ހޫތީން މިސައިލް ހަމަލާއެއް ދީފައިވަނީ އަރަބި ކޯލީޝަންގެ މިލިޓަރީ ކޭމްޕަކަށެވެ. މި ހަމަލާގައި އެކުވެރި އަރަބި އިމާރާތަށް ނިސްބަތްވާ ސިފައިންގެ 45 މީހަކާއި ސައުދީ އަށް ނިސްބަތްވާ ސިފައިންގެ 10 މީހެއްގެ އިތުރުން ބަހްރޭނަށް ނިސްބަތްވާ ސިފައިންގެ ފަސް މީހަކު މަރުވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ހޫތީން ހަމަލާ ދީފައިވަނީ ޔަމަންގެ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ މާރިބް ސަރަހައްދުންނެވެ.
މި ހަމަލާއާއި ގުޅިގެން އަރަބި ކޯލީޝަނުން ވަނީ ޔަމަނުގައި ހޫތީންނާއި ދެކޮޅަށް ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން އިއްޔެގެ އެކި ވަގުތުތަކުގައި ހޫތީންނާ ދެކޮޅަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވެ އެވެ.
ސައުދީ އިސްވެ އޮވެ ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ހަނގުރާމަ ފަށާފައިވަނީ މިދިޔަ މާރިޗް މަހުގަ އެވެ. މި ހަނގުރާމައިގާ ހޫތީންނަށް ވާގިވެރިވަނީ އީރާނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް