ސިދުރަތުﷲ ގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން ފޮނުވައިފި

މިމަހު 23 ވަނަ ދުވަހު އައިޖީއެމްއެޗް ސަރަހައްދު މޫދުން ނެގި ގދ. ވާދޫ، ރިމެމްބާ ކަދާވަޑު، މުހައްމަދު ސިދުރަތުﷲ އަހުމަދުގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފި އެވެ. ސިދުރަތުﷲގެ ހަށިގަނ...

02 Nov 2020 | 08:12

މިމަހު 23 ވަނަ ދުވަހު އައިޖީއެމްއެޗް ސަރަހައްދު މޫދުން ނެގި ގދ. ވާދޫ، ރިމެމްބާ ކަދާވަޑު، މުހައްމަދު ސިދުރަތުﷲ އަހުމަދުގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފި އެވެ.

ސިދުރަތުﷲގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން އިންޑިއާޑށް މިއަދު ފޮނުވިއިރު އޭނާގެ ހަށިގަނޑު މޯޗާރީގައި އޮންނަތާ މިއަދަށް11 ދުވަސް ހަމަވާނެ އެވެ. އެކަމުގެ ކަންބޮނޑުވުން ސިދުރަތުﷲ ގެ އާއިލާއިން ވަނީ ފުލުހަށް ހިއްސާކޮށްފަ އެވެ އަދި ޖަނާޒާގެ ކަންތައް ކުރިއަށް ނުގެންދެވި ލަސްވާތީ އެކަމުގެ ކަންބޮނޑުވެސް ހިއްސާ ކުރައްވާފަ އެވެ.

ސިދުރަތުﷲގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުން މޯޗަރީގައި ބާއްވާފައި އޮތީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ފުލުހުންނަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

ފުލުހުން މިދުޔަ ހަފުތާގައި މީޑިއާތަކަށް މައުލޫމަތު ދެމުން ބުނެފައިވަނީ ސިދުރަތުﷲ ގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން އިންޑިއާއަށް މި ހަފުތާފައި ފޮނުވާނެ ކަމަށެވެ.އަދި އެކަން ނުކުރެވި ލަސްވަނީ  ކޮވިޑުގެ ސަބަބުންނާއި ރާއްޖެއިން ބޭރުން އެކަން ކުރަން ޖެހޭތީ ދިމާވާ ލަސްތަކުގެ ސަބަބުން ކަމަށެވެ. އަދި މި ހަފުތާ ތެރޭގައި ހަށިގަނޑު ޕޯސްޓުޕޯޓަމަށް ފޮނުވޭނެ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.

ސިދުރަތުﷲ މޫދުން ނެގިއިރު އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުއްޓެވެ. އަދި އޭނާގެ އެއް ލޯ ނެތްކަމަށް ވެސް އޭނާގެ މަންމަ ވަނީ މީޑިއާތަކަށް މައުލޫމާތު ދެއްވާފަ އެވެ. އެ ހުރިހާ ކަމަކަަށް ބަލައި ސިދުރަތުﷲ މަންމަ ބުނެފައިވަނީ އޭނަގެ ދަރިފުޅަށް ބަޔަކު އަނިޔާކޮށް މަރާލީ ކަމަށެވެ. ފުލުހުން ދަނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އަދި އެ މައްސަލަ ބެލުމުގައި ފުލުހުން ވަނީ އާންމުގެ އެހީއަށް އެދިފަ އެވެ. އަދި ސިދުރަތުﷲ ވާރޭ ވެހުނު ދުވަހެއްގެ މެންދުރު ރަސްފަންނު މޫދަށް ފައިބާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯ އާންމު ކުރަމުން ފުލުހުން ބުނެފައިވަނީ ސިދުރަތުﷲ އާއި ދިމާވި މިހާކު ހުރިނަމަ އެކަން ފުލުހަށް އަންގައިދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް