މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، އިންޑިއާއަށް ފުރާވަޑައިގެންފި

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، އިއްޔެ އިންޑިއާއަށް ފުރާވަޑައިގެންފިއެވެ. އެމްއެންޑީއެފް އިން ބުނި ގޮތުގައި ޝަމާލްގެ މި މިދަތުރުފުޅަކީ، އިންޑިއާގެ އެއަރ ޗީފް މާޝަލް، ރަކޭޝް ކުމ...

03 Feb 2021 | 03:48

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، އިއްޔެ އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ޝަމާލްގެ މި މިދަތުރުފުޅަކީ، އިންޑިއާގެ އެއަރ ޗީފް މާޝަލް، ރަކޭޝް ކުމާރު ސިންގް ބަދައުރިއާގެ ދައުވަތަކަށް އިންޑިޔާގެ ބެންގަލޫރުގައި ކުރިއަށްދާ "އޭރޯ އިންޑިއާ 2021 – އިންޑިއަން އޯޝަން ރީޖަން މެރިޓައިމް ސެމިނަރ" ގެ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވެސް އިއްޔެ ވަނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ފުރާ ވަޑައިގެންފައެވެ.

ޑިފެންސް މިނިސްޓަރ މާރިޔާގެ ދަތުރުފުޅަކީ އިންޑިޔާ ސަރުކާރުގެ ދައުވަތަކަށް އިންޣިޔާގެ ބެންގަލޫރަށް ކުރައްވާ ދަތުރުފުޅެކެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް