ރަސްފަންނާއި ދިމާލު މޫދު އަޑީގައި މަރުވެފައި އޮއްވަ ފެނުނު ގދ. ވާދޫ އުމުރުން 30 އަހަރުގެ މުހައްމަދު ސިދްރަތުﷲ މަރުވީ ގެނބިގެން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކައިފި އެވެ.
ސިދުރަތުﷲ ހަށިގަނޑު ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އޭނާ މަރުވެފައި އޮއްވަ ފެނުނީ އެ ދުވަހު އެ ސަރަހައްދަށް ޑައިވިނަށް ގޮސް އުޅުނު ބަޔަކަށެވެ.
ފުލުހުން ބުނީ ސިދްރަތުﷲގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސް ހެދި ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓު ލިބިފައިވާ ކަމަށެވެ. ސިދްރަތުﷲގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ ޓްރިވެންޑްރަމް މެޑިކަލް ކޮލެޖުންނެވެ.
މަރުވެފައި ވަނީ ގެނބިގެން ކަމަށާއި ފެނުނު އިރު އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމް ތަކަކަީ މޫދު އަޑީގައި އޮތް އިރު އެއްޗެ ކެއުމުގެ ސަބަބުން ލިބިފައި ހުރި ޒަހަމް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މިހާތަނަށް އެ މައްސަލައިގަ ކުރި ތަހުގީގުގައި ހެދި ޓެސްޓުތަކުން ސިދްރަތުﷲ މަސްތުވާތެއްޗަށް ޕޮސިޓިވްވެފައިވާ ކަމަށެވެ.
ފުލުހުން އޭނާގެ ޕޯސްޓްމޯޓަމް ހެދީ އާއިލާގެ ނުރުހުމުގައި އެވެ. ފުލުހުން ބުނީ ޝައްކު ކުރެވޭ ކަންތައްތަކެއް ހުކުރުން ޕޯސްޓްމޯޓަމް ހަދަން ނިންމައި ހަށިގަނޑު މޯޗަރީގައި ބޭއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށެވެ.
ޕޯސްޓްމޯޓަމް ހެދުމަށް ފަހު ސިދްރަތުﷲގެ ހަށިގަނޑު ރާއްޖެ ގެނެސް އާއިލާ އާއި ހަވާލު ކުރީ މިމަހުގެ ނުވަ ވަނަ ދުވަހުގެ އެވެ. ސިދްރަތުﷲގެ ހަށިގަނޑު ވަޅުލީ އެރޭ އިޝާ ނަމާދަށް ފަހުއ ެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް