ރަސޫލާ ﷺގެ އަނބިކަނބަލުންނަށް ހަޖޫ ޖެހި މީހަކު ހަތް މަހަށް ޖަލަށް

އިންޑޮނޭޝިޔާގެ ސުމަތުރާގައި، ރަސޫލާ ﷺގެ އަނބިކަނބަލުން އާއިޝާ رضي الله عنه އަށް ހަޖޫޖެހި މީހަކު ހަތް މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ. ސުމަތުރާއަށް ނިސްބަތްވާ، އުމުރުން 35 އަހަރުގެ ރަހްމަދު ހިދާ...

11 Oct 2020 | 08:05

އިންޑޮނޭޝިޔާގެ ސުމަތުރާގައި، ރަސޫލާ ﷺގެ އަނބިކަނބަލުން އާއިޝާ رضي الله عنه އަށް ހަޖޫޖެހި މީހަކު ހަތް މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

ސުމަތުރާއަށް ނިސްބަތްވާ، އުމުރުން 35 އަހަރުގެ ރަހްމަދު ހިދާޔަތު ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާ ރަސޫލާގެ އަނބިކަނބަލުންނަށް ހަޖޫ ޖަހާފައިވަނީ ޔޫޓިއުބް ވީޑިއޯއެއްގައެވެ.

މި މައްސަލައިގާ އޭނާގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އޭނާގެ އެ ވީޑިއޯގައި އިތުރު ފަސް ފިރިހެނަކުވެސް ފެނެއެވެ. އެމީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޑޮނޭޝިޔާގެ ފުލުހުން ބުނެފައިވެއެވެ.

އިންޑޮނޭޝިޔާގައި މި ހުކުމް އިއްވާފައިވަނީ 2016 ވަނަ އަހަރު އެ ގައުމުގައި އަމަލުކުރަން ފެށި "އިލެކްޓްރޯނިކް އިންފޮމޭޝަން، އެންޑް ޓްރާންސެކްޝަން" ގާނޫނުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް