ރިލްވާންގެ މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއެކު ކުރެވެން ހުރި ހުރިހާކަމެއް ކުރާނަން: ރައީސް ސޯލިހް

ގެއްލުވާލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއެކު ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަ...

08 Aug 2020 | 14:36

ގެއްލުވާލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއެކު ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޓްވިޓާއަށް ދޫކުރެއްވި ނޯޓެއްގައެވެ.

އެ ނޯޓުގައި ވިދާޅުވެފައިވަނީ ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމެއް ކަމަށެވެ.

" ހުރަސްތަކާ ދަތިތަކާ އެކުވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއެކު ކުރެވެންހުރި ހުރިހާކަމެއް ހުއްޓާނުލާ މި ސަރުކާރުން ކުރިއަށްގެންދާނެ." ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.

އިތުރަށް ވިދާޅުވެފައިވަނީ އާއިލާގެ އެދުމާ އެއްގޮތަށް މިވަގުތު މަސައްކަތް ކުރަމުން މިދަނީ އިތުބާރު ކުރެވޭ ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރަކު ތަހްގީގު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައިވާއިރު، މަރު ކޮމިޝަނުން މިއަދު ބުނެފައިވަނީ އެ ކޮމިޝަނަށް އެހީވުމަށް ބޭރުގެ އިންވެސްޓިގޭޓަރަކު އަންނަ މަހު އައްޔަން ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް