ގޭމްގެ އެސްޖީގެ މަގާމުންނާއި މެންބަރުކަމުން ސައުދުﷲ ވަކިކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ސައުދުﷲ އަހުމަދު ހަސަން ދީދީ، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ސެކްރެޓަރީ ޖެނެރަލް ކަމުންނާއި މެންބަރުކަމުން ވަކިކޮށްފިއެވެ. ގޭމް އިން މިއަދު ނެރުނު ނޫސް...

10 Jul 2020 | 18:19

ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ސައުދުﷲ އަހުމަދު ހަސަން ދީދީ، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ސެކްރެޓަރީ ޖެނެރަލް ކަމުންނާއި މެންބަރުކަމުން ވަކިކޮށްފިއެވެ.

ގޭމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސައުދުﷲ ވަކިކުރަން ފާސްކޮށްފައިވަނީ މިރޭ ބޭއްވި އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ކަމަށެވެ.

ގޭމްގެ އެސްޖީގެ މަގާމުންނާއި ހިންގާ ކޮމިޓީގެ މެންބަރުކަމުން ސައުދުﷲ ވަކިކުރަން ފާސްކޮށްފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވި 14 މެންބަރުންގެ އިއްތިފާގުން ކަމަށް އެ އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ސައުދުﷲގެ ޖިންސީ ގޯނާގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ނުބެލޭ ކަމަށް ވިދާޅުވެ، ގޭމްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މޫސާ ނާސިހު ވެސް ވަނީ މިދިޔަ ބުދަ ދުވަހު އަމިއްލައަށް އިސްތިއުފާދެއްވައިފައެވެ. ނާސިހު އިސްތިއުފާ ދެއްވަން ނެރުއްވި ބަޔާނުގައި އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވީ، އެ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީ އަށް މި އަހަރުގެ ޖޫން 23 ވަނަ ދުވަހު ހުށަހެޅުނު، މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް އެ އެސޯސިއޭޝަނުގެ އިންޓާނަލް ކޮމެޓީ އިން ބެލުމަށްފަހު، ހިންގާ ކޮމެޓީ އަށް ހުށަހެޅުނު ނަމަވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތުމުން، އިތުރަށް އެ އެސޯސިއޭޝަނުގެ ރަައީސްގެ މަގާމުގައި ހުރުމަކީ ޒަމީރު ގަބޫލުކުރާ ކަމެއް ނުވުމުން ކަމަށެވެ.

ސައުދުﷲ އަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ ފުވައްމުލަކު ދާއިރާގެ ރައީސްކަމުގެ މަގާމު ވެސް އަދާކުރައްވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް