މާޔޫސްވާ ކޮންމެ ފަހަރަކު ލޯ މަރާލައި ﷲ މަތިން ހަނދުމަކުރޭ!

ދުނިޔޭގައި އުޅޭ އިރު މާޔޫސްވާ ފަހަރު ވެސް އަންނާނެ ކަމަށާއި އެ ފަދަ ހާލަތްތަކުގައި ލޯ މަރާލައި މާތް ﷲ މަތިން ހަނދުމަކުރުމަކީ އެންމެ ރަނގަލު ގޮތް ކަމަށް ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ...

18 Apr 2021 | 05:09

ދުނިޔޭގައި އުޅޭ އިރު މާޔޫސްވާ ފަހަރު ވެސް އަންނާނެ ކަމަށާއި އެ ފަދަ ހާލަތްތަކުގައި ލޯ މަރާލައި މާތް ﷲ މަތިން ހަނދުމަކުރުމަކީ އެންމެ ރަނގަލު ގޮތް ކަމަށް ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް މިހެން ވިދާޅުވީ އޭނާ ކުރަމުން ގެންދާ ސިލްސިލާ ޓްވީތްތަކުގެ ތެރޭން ރޭ ކުރެއްވި ޓްވީޓެއްގައެވެ. މެންކް ވިދާޅުވ، ދުނިޔެވީ ހަޔާތުގައި ކުރިމަތިވާއި ކޮންމެ ހެޔޮ ކަމަކާއި މުސީބާތެއްގެ ފަހަތުގައި ވެސް ހިކުމަތްތަކެއް ވާނެ ކަމަށެވެ. އަދި މާތް ﷲ އެއްވެސް އަޅަކަށް ދެރަ ގޮތެއް މެދުވެރި ނުކުރައްވާނެ ކަމށް ވިދާޅުވެ އޭނާ ވަނީ މުސީބާތްތަކަށް ކެތްެރިވުމަށް ނަޞޭހަތްތެރި ވެފައެވެ.

މުފްތީ މިހެން ވިދާޅުވި އިރު، މުޞީބާތްތަކަށް ކެތް ނުކުރެވި ބައެއް މީހުންނަށް އެއީ ބައްޔަކަށް ވާ ފަހަރު ވެސް އާދެއެވެ. މި ފަހަދަ ހާލަތްކުގައި ދިމާވާ ހިތާމަކުރުމުގެ ބަލި ނުވަތަ ޑިޕްރެޝަންއަކީ ދިވެހިންގެ ތެރޭގައި ވެސް އާންމުވަމުން އަންނަ ނަފްސާނީ ބައްޔެކެވެ. ހިތާމަ ކުރުމުގެ ބައްޔަކީ ދިގުދެމިގެންދާ ކަމަކަށްވެދާނެ އެވެ. ނޫނީ އައިސް، ގޮސްވާ ކަމަކަށް ވެސް ވެދާނެ އެވެ.

މިއީ ބައެއް ފަހަރު އޭގެ ސަބަބުން ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރާ ބައްޔެކެވެ. އާދައިގެ ވަރަކަށް މިބަލި ކުރިމަތިވި ނަމަވެސް ބޭހާއި ނުލައި ހަމައެކަނި ކައުންސެލިންގ ނަގައިގެން ފަރުވާ ކުރެވިދާނެ އެވެ. ނަމަވެސް މެދު މިންވަރަކަށް ނޫނީ މާބޮޑަށް ކުރިމަތިވެއްޖެނަމަ، ބޭހުގެ ފަރުވާ ނެގުމާއެކު ކައުންސެލިންގ ވެސް ނަގަންޖެހޭނެ އެވެ. މިއީ މުޅި ދުނިޔޭގައި ވެސް އާންމު ނަފްސާނީ ބައްޔެކެވެ.

ދުނިޔޭގައި މިހާރު ވެސް ހިތާމަ ކުރުމުގެ ބަލި ތަހައްމަލުކުރަމުން ގެންދާ 350 މިލިޔަން މީހުން ދިރިއުޅޭކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ނުކުޅެދުންތެރިކަން މެދުވެރިކުރުވާ އާންމު ސަބަބުތަކުގެ ތެރޭގައި ވެސް ހިތާމަކުރުމުގެ ބަލި ހިމެނެއެވެ. އަންހެނުންނަށް ހިތާމަކުރުމުގެ ބަލި ކުރިމަތިވުމުގެ ފުރުޞަތު ބޮޑުކަން ފާހަގަކުރެވޭއިރު، އެންމެ ނުރައްކާތެރި މަރުހަލާގައި އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ކުރެވޭގޮތް ވެއެވެ. ނޫނީ އަމިއްލައަށް މަރުވުމަކީ ވެދާނެ ގޮތެކެވެ.ކޮންމެ އަހަރަކު އެއްމިލިޔަން މީހުން އަމިއްލައަށް މަރުވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް