ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ.
ޝަމާލް ޔޫއޭއީއަށް ފުރާވަޑައިގެންފައި މި ވަނީ، ޔޫއޭއީ އާމްޑް ފޯސަސް ދެއްވި ދަޢުވަތަކަށް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ. މިއީ އެގައުމުގައި އޮންނަ އެގްޒިބިޝަންއެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އެގޮތުންޗީފް އޮފް ޑިފެންސް ފޯސް، ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅަކީ، 2021 ފެބުރުވަރީ މަހުގެ 20 އިން 25 އަށް އެ ޤައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ " އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން، އާއި ނޭވަލް ޑިފެންސް އެގްޒިބިޝަން، ގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ޗީފް އޮފް ސްޓާފް އޮފް ދަ ޔޫއޭއީ އާމްޑް ފޯސަސް ދެއްވި ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް