އަބްދުﷲގެ މަރަށް ހަފްތާއެއް ފަހުން އެޗްއާރުސީއެމް ޖަލަށް ޒިޔާރަތްކޮށްފި

އަބްދުﷲ ރަޝީދުގެ މަރުގެ ސަބަބު ތަހުގީގު ކުރުމަށްޓަކައި އިއްޔެ އެޗްއާރުސީއެމުން ޖަލަށް ޒިޔާރަތްކޮށްފިއެވެ. އެކަށީގެންވާ ބޭސްފަރުވާ ނުލިބި އެތަކެއް ދުވަހު ޖަލުގައި އަބްދުﷲ ރަޝީދު ވޭން ތަހައްމަލު ކޮށްފައ...

17 Oct 2017 | 11:57

އަބްދުﷲ ރަޝީދުގެ މަރުގެ ސަބަބު ތަހުގީގު ކުރުމަށްޓަކައި އިއްޔެ އެޗްއާރުސީއެމުން ޖަލަށް ޒިޔާރަތްކޮށްފިއެވެ.

އެކަށީގެންވާ ބޭސްފަރުވާ ނުލިބި އެތަކެއް ދުވަހު ޖަލުގައި އަބްދުﷲ ރަޝީދު ވޭން ތަހައްމަލު ކޮށްފައިވާކަމަށާއި އެކި ފަހަރު މަތިން ފަރުވާ އަށް ކަރެކްޝަންސްގައި އެދުމުން ވެސް އަޅާލާފައި ނުވާކަމަށް އާއިލާއިން ބުނެފައިވެއެވެ.

އަބްދުﷲގެ މަރާ ގުޅޭ ގޮތުން މިހާ ސީރިއަސް ތުހުމަތުތަކެއް ކުރަމުންދާއިރު ވެސް އެޗްއާރުސީއެމް އޮތީ "ހިމޭނުން"ކަމަށް ބުނަމުން އަންނައިރު، އެ މަރު ހިނގައިދިޔަ ގޮތުގެ ތަހުގީގަށް އެ ކޮމިޝަނުން އިއްޔެ ޖަލަށް ގޮސް މައުލޫމާތު އޮޅުންފިލުވާފައި މިވަނީ، އާއިލާ އާއި އިންސާނީ ހައްގުތަކާ ގުޅޭ ޖަމިއްޔާތަކުން ވެސް މައްސަލަ ބަލައިދޭން އެދި ކޮމިޝަނަށް ހުށަހަޅާފައި ވަނިކޮށެވެ.

މި މައްސަލައިގާ ޖަލުތަކުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުން ދާއިރު ވެސް އަޅާނުލާ ކަމަށް ބުނެ ކޮމިޝަނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް